ވީއައިއޭގެ ޓްރެފިކަށް ބަދަލުތަކެއް ގެނެސްފި

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ ޓްރެފިކަށް މިރެއިން ފެށިގެން ބަދަލު އަންނާނެ ކަމަށް އެމްއޭސީއެލް އިން ބުނެފި އެވެ.
ވީ ކިހިނެއް؟ - އެއާޕޯޓުގެ ޓްރެފިކަށް ގެނައި ބަދަލަށް މިރޭ މެންދަމުން ފެށިގެން އަމަލު ކުރަން ފަށާނެ އެވެ.
ތަފްސީލް - މި ބަދަލާއެކު އެއާޕޯޓަށް ވަންނަ ހުރިހާ އުޅަނދެއް ވެސް އެއާޕޯޓަށް ވަނުމަށް ބޭނުން ކުރާނީ އެންމެ ބޭރު މަގެވެ.
މި ބަދަލާއެކު
މީހުން ގޮވައިގެން އެއާޕޯޓަށް ދާ އުޅަނދުތަކުން ބޭނުން ކުރާނީ ޓެކްސީތައް މަޑުކުރާ ސަރަހައްދުގެ ކުރިމައްޗަށް އޮންނަ މަގުގެ ވާތްފަރާތް
ޓާމިނަލް1 އަދި2 އަށް ފަސިންޖަރުން ގޮވައިގެން އުޅަނދުތައް އެއާޕޯޓުން ނިކުންނާނީ ޓާމިނަލް1 ކުރިމަތީ އޮންނަ މަގުން
ބޭރުމަގުން އެއާޕޯޓަށް ވަންނަ އުޅަނދުތަކުގެ ތެރެއިން، އެއާޕޯޓުން ނިކުންނަން ބޭނުންވާ އުޅަނދުތަކުން ބޭނުން ކުރާނީ ޕާކިން އޭރިއާ ކުރިމައްޗަށް އޮންނަ މަގުގެ ކަނާތްފަޅި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ