ތޫފާން އެރި ގައުމުތަކަށް އެމް-ފައިސާއިން ފީއަކާ ނުލާ ފައިސާ ފޮނުވޭނެ

ތޫފާނުގެ ސަބަބުން ގެއްލުން ލިބުނު ގައުމުތަކަށް އެމް-ފައިސާ މެދުވެރިކޮށް، އެއްވެސް ފީއެއް ނުނަގާ ފައިސާ ފޮނުވޭނެ ގޮތް އުރީދޫ ފިންޓެކް މޯލްޑިވްސް އިން ހަދައިފި އެވެ.
ވީ ކިހިނެއް؟ - މިދިޔަ ހޯމަ ދުވަހުން ފެށިގެން މި މަހުގެ ނިޔަލަށް އެއްވެސް ޓްރާންސްފާ ޗާޖެއް ނުނަގާ ވަގުތުން ވަގުތަށް އަދި ރައްކާތެރިކަމާ އެކު ލަންކާ، އިންޑޮނޭޝިއާ، މެލޭޝިއާ އަދި ތައިލެންޑަށް ފައިސާ ފޮނުވޭނެ އެވެ.
އެމް-ފައިސާގެ އިންޓަނޭޝަނަލް މަނީ ޓްރާންސްފާ (އައިއެމްއާރު) ހިދުމަތާ އެކު ކަސްޓަމަރުންނަށް ފޯނުން ވަގުތުކޮޅެއްގެ ތެރޭގައި ރާއްޖޭން ބޭރަށް ފައިސާ ފޮނުވޭނެ އެވެ. މިއީ މަނީގްރާމްއާ ބައިވެރިވެގެން ކުރިއަށްގެންދާ ހިދުމަތެކެވެ.
ތަފްސީލް - މި ހިދުމަތާ އެކު:
ތޫފާނުގެ އަސަރު ކޮށްފައިވާ ބައެއް ގައުމުތަކަށް ޓްރާންސްފާ ފީއެއް ނުނަގާނެ
ދުވާލަކު 10،000 ޑޮލަރާ ހަމައަށް ފޮނުވޭނެ
ފޯމު ފުރަން ނުޖެހޭ، ކިއޫގައި މަޑުކުރަން ނުޖެހި، ޑިޖިޓަލީ ފައިސާ ފޮނުވާލެވޭނެ
އެމް-ފައިސާ އެޕް މެދުވެރިކޮށް ވަގުތުން ވަގުތަށް އެ މުއާމަލާތެއްގެ ޓްރެކިން ބަލާލެވޭނެ
ބުނީ ކީކޭ؟ - "ރާއްޖެއަކީ މި ސަރަހައްދުގެ އަވަށްޓެރި ގައުމުތަކާ ވަރަށް ގާތް ގުޅުމެއް އޮންނަ ގައުމެއް. ރާއްޖޭގެ ގިނަ ރައްޔިތުންނަކީ އަދި ދިރިއުޅޭ ބިދޭސީންގެ ގާތްތިމާގެ މީހުން މި ސަރަހައްދުގެ ގައުމުތަކުގައި ދިރިއުޅޭ،" އުރީދޫ ފިންޓެކް މޯލްޑިވްސްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު ހާލިދު އަލް ހަމާދީ ވިދާޅުވި އެވެ.
"ޓްރާންސްފާ ފީއާ ނުލާ، ވަގުތުން ރައްކާތެރި ޑިޖިޓަލް ރެމިޓެންސްތައް ފޯރުކޮށްދިނުމުން، މި ދަތި އުނދަގޫ ދަނޑިވަޅުގައި އެހީއަށް އެންމެ ބޮޑަށް ބޭނުންވެފައިވާ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ފަސޭހަވެގެންދާނެ ކަމަށް އުންމީދު ކުރަން."
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ