ހޯމްލޭންޑް މިނިސްޓަރު އަލީ އިހުސާނަށް ފުލުހުންގެ އިތުބާރު ނުހޯދެއްވޭނެ ކަމަށް ވިދާޅުވެ، ކުރީގެ ރައީސް އަބްދުﷲ ޔާމީން ދެއްކެވި ވާހަކައަށް އިހުސާން ރައްދު ދެއްވައިފި އެވެ.
ވީ ކިހިނެއް؟ - ޕީއެންއެފުން ރޭ ބޭއްވި ބައްދަލުވުމެއްގައި ޔާމީން ވަނީ، ފުލުހުންގެ އިދާރާ ދިފާއު ކުރައްވަން އިހުސާން މަސައްކަތް ނުކުރައްވާ ކަމަށް ވިދާޅުވެ، އޭނާއަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފަ އެވެ.
އެ މަނިކުފާނު ވިދާޅުވި ގޮތުގައި:
އިހުސާން އުޅުއްވަނީ 'ފެތެމުންދާ ބޯޓު އިތުރަށް ފައްތާލަން'
އެކަމަކު ފުލުހުން ސަލާމަތްކޮށް، އެ މީހުން ދިފާއު ކުރުމަކީ މިނިސްޓަރުގެ ޒިންމާއެއް
އެ ވާހަކަތަކަށް ރައްދު ދެއްވައި، އެކްސްގައި ކުރެއްވި ޕޯސްޓެއްގައި އިހުސާން ވިދާޅުވީ ފަސް އަހަރުގެ ވެރިކަމެއް ކުރައްވާފައި ޔާމީން މިހާރު އިންނަވަނީ 'ސިޓިންރޫމުގައި ފްރޮންޓް އޮފީސް'ގައި އިނދެގެން އެ ވާހަކަތައް ދެއްކެވުމަށް ކަމަށެވެ. އެކަމަކު އޭގެ ބަދަލުގައި، ވެރިކަމުގައި އެ މަސައްކަތް ކުރެއްވި ނަމަ ފުލުހުންނަށް ރައްޔިތުންގެ އިތުބާރު ލިބުނީސް ކަމަށް އިހުސާން ވިދާޅުވި އެވެ.
"ﷲގެ އިރާދަފުޅާއެކު މި ފަސް އަހަރު ނިމިގެން ދާއިރު ފުލުހުންގެ މުއައްސަސާ ވާނީ ރައްޔިތުން ފުރިހަމައަށް އިތުބާރު ކުރާ، އަދި މަނިކުފާނު ވެސް ފަހުރުވެވަޑައިގަންނަވާ މުއައްސަސާއަކަށް،" އިހުސާން ވިދާޅުވި އެވެ.
"އެކަން އަޅުގަނޑުމެން ކުރާނަން."
ފުލުހުންގެ ނަޒާހާތްތެރިކަން ހިފަހައްޓައި، މަސައްކަތްތައް ރަނގަޅު ކުރަން ޖެހޭ ކަމަށް ޔާމީން ވިދާޅުވި ވާހަކައަށް ވެސް އިހުސާން ރައްދު ދެއްވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި:
ފުލުހުންގެ ތެރޭގައި ގިނައީ ގައުމީ ހިދުމަތުގެ ރޫހު ހުރި، ވަތަން ދެކެ ލޯބިވާ މީހުން
އަދި އެ މީހުންގެ މަސައްކަތަކާ މެދު އޭނާ ފަހުރުވެރިވަޑައިގަންނަވާ
އިހުސާން ވިދާޅުވި ގޮތުގައި ރައީސް މުހައްމަދު މުއިއްޒު ވެރިކަން ކުރައްވަނީ ފުލުހުންގެ އިދާރާގައި ރަނގަޅު ކުރަން ޖެހޭ ކަންކަން ހުރިކަން ދެނެވަޑައިގެން، ރަނގަޅު ކުރެއްވޭނެކަމުގެ ފުރިހަމަ އިތުބާރާއި ޔަގީންކަމާ އެކުގަ އެވެ.
ޔާމީނަށް އިހުސާންގެ ރައްދެއް: މަސައްކަތް ކުރި ނަމަ ފުލުހުންގެ އިތުބާރު ހޯދުނީސް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ