ރާއްޖޭގައި ގަވައިދާ ހިލާފަށް ބިދޭސީން ހިންގާ ވިޔަފާރިތައް ހުއްޓުވުމަށް ސަރުކާރުން ފަށާފައިވާ މަސައްކަތުގެ ދަށުން، މިހާތަނަށް 11 ވިޔަފާރިއެއް ބަންދުކޮށްފައިވާ ކަމަށް އިކޮނޮމިކް މިނިސްޓްރީން ބުނެފި އެވެ.
ވީ ކިހިނެއް؟ - މީގެ ހަފުތާއެއްހާ ދުވަސް ކުރިން މިނިސްޓްރީން ވަނީ، ބިދޭސީންނަށް ރާއްޖޭގައި މަނާކޮށްފައިވާ ވިޔަފާރިއެއް ކުރާ ނަމަ، އެކަން ރިޕޯޓުކުރުމަށް އެދިފަ އެވެ. އަދި މިހާތަނަށް އެކަމާ ގުޅޭ 125 ރިޕޯޓު ކޮށްފައިވާ ކަމަށް މިނިސްޓްރީން ވަނީ ބުނެފަ އެވެ.
ތަފްސީލު - އިކޮނޮމިކް މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނިގޮތުގައި:
ލިބުނު ރިޕޯޓުތަކާ ގުޅިގެން 20 ކެފޭ އާއި 12 ރީޓެއިލް އައުޓްލެޓާއި ދެ ގަރާޖެއްގެ އިތުރުން ގެސްޓްހައުސްއެއް ވަނީ ފާސްކޮށްފައި
މިހާތަނަށް އެފަދަ 11 ވިޔަފާރިއެއް ވަނީ ބަންދުކޮށްފައި
ބަންދުކުރީ، ހުއްދަ ނެތި ވިޔަފާރި ކުރުމާއި ދުންފަތުގެ ބާވަތްތައް ވިއްކުމުގެ ހުއްދަ ނެތި އެކަން ކުރުމުން
ގުޅުންހުރި - އިކޮނޮމިކް މިނިސްޓްރީން ބުނީ ގާނޫނާ ހިލާފަށް ބިދޭސީން ދެ ގޮތަކަށް ވިޔަފާރިކުރާކަން ފާހަގަކުރެވިފައިވާ ކަމަށެވެ. އެއީ:
ނިވާފަތްގަނޑަކަށް ދިވެހިން ހަދައިގެން ބިދޭސީން ހިންގާ ވިޔަފާރިތައް
ފޮރިން އިންވެސްޓްމަންޓް ގާނޫނުގެ ދަށުން ބިދޭސީންނަށް ހުއްދަނުކުރާ ދާއިރާތަކުގައި ހަރަކާތްތެރިވާ ބިދޭސީ ވިޔަފާރިތައް
ރާއްޖޭގައި ވިޔަފާރި ކުރުން މަނާ ދާއިރާއެއްގައި ބިދޭސީން ހަރަކާތްތެރިވާކަން ފާހަގަކުރެވޭ ނަމަ ނުވަތަ އެކަމު މައުލޫމާތު ލިބިފައިވާ ނަމަ ރިޕޯޓްކުރަން ހަދަންޖެހޭ ގޮތަކީ:
މިނިސްޓްރީގެ ވެބްސައިޓް މެދުވެރިކޮށް ރިޕޯޓްކުރުން
މިނިސްޓްރީގެ ހޮޓްލައިން 3333199އަށް ގުޅައިގެން ރިޕޯޓްކުރުން (ހޮޓްލައިނަށް ގުޅޭނީ ހެނދުނު 8 އިން ރޭގަނޑު 8އަށް)
އިމިގްރޭޝަން ވޮޗު އަށް ރިޕޯޓްކުރުން
ގަވައިދާ ހިލާފަށް ބިދޭސީން ހިންގާ 11 ވިޔަފާރިއެއް ހުއްޓުވައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ