ހުޅުމާލެ ގެސްޓުހައުސްއެއްގެ ތެރެއިން ނޮވެމްބަރު 30، ގައި މަރުވެފައި އޮއްވައި ފެނުނު މީހާގެ ހަށިގަނޑުން މަސްތުވާތަކެތި ފެނުނު ކަމަށް ފުލުހުން ބުނެފި އެވެ.
ނިޔާވެފައި އޮއްވާ ފެނިފައިވަނީ 40 އަހަރުގެ ނޭޕާލް ފިރިހެނެކެވެ. އެ މީހާ ރާއްޖެ އައީ އިތުރު ދެ މީހުންނާއެކު ނޮވެމްބަރު 26، ގައި ކަމަށް ފުލުހުން ބުނެ އެވެ. އޭނާއާއެކު ރާއްޖެ އައި ދެމީހުން ހަމަ އެދުވަހު ރާއްޖެ ދޫކޮށް ފިލައިގެން ގޮސްފައިވާކަން އެނގިފައިވާ ކަމަށް ފުލުހުން ބުނެ އެވެ.
"ތަކެތި ނެގުމުގެ އޮޕަރޭޝަން ކޮށްފައިވަނީ އެކަމަށް ހާއްސަ ސްޕެޝަލިސްޓް ޑޮކްޓަރުންގެ ލަފައާއެކު ޑޮކްޓަރުންނެވެ. އެގޮތުން އޭނާގެ ހަށިގަނޑުން ޖުމްލަ 78 ބްލެޓް ނަގާފައިވާއިރު، މިތަކެތީގެ ބަރުދަނަކީ 818 ގްރާމް،" ފުލުހުން ބުންޏެވެ.
އެ މީހާގެ ހަށިގަނޑުގައި އަނިޔާގެ ނިޝާނެއް ފެނިފައި ނުވެ އެވެ. އެ މައްސަލާގައި މައުލޫމާތު ހާމަކޮށްފައިނުވަނީ މިމައްސަލައަކީ ތަހުގީގު ކުރަމުންދާ މައްސަލައަކަށްވުމާއި މިމައްސަލާގައި ވަށައިގެންވާ ކަންކަމަށް ބަލައި، ލިބިފައިވާ މައުލޫމާތުތައް ކަށަވަރުކޮށް، މިމައްސަލާގައި ހިމެނޭ މީހުން ދެނެގަތުމަށާއި މިކަމާ ގުޅުންހުރި އިތުރު މީހުން ހޯދުމުގެ މަސައްކަތްކުރަމުން ދިއުމާއެކު ކަމަށް ފުލުހުން ބުނެ އެވެ.
ހުޅުމާލެ ގެސްޓުހައުސްއެއްގެ ތެރެއިން މަރުވެފައި އޮއްވައި ފެނުނު މީހާގެ ހަށިގަނޑުން 818 ގްރާމް މަސްތުވާތަކެތި ފެނުނު ހުޅުމާލެ ގެސްޓުހައުސްއެއްގެ ތެރެއިން މަރުވެފައި އޮއްވައި ފެނުނު މީހާގެ ހަށިގަނޑުން 818 ގްރާމް މަސްތުވާތަކެތި ފެނުނު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ