މިދިޔަ ދެ ދުވަހު ހުޅުމާލެއާއި މާލެއިން 100އަށް ވުރެ ގިނަ އުޅަނދު ޓޯކޮށްފި، ގިނައީ ދެފުރޮޅުލީ އުޅަނދުތައް

މިދިޔަ ދެ ދުވަހު ހުޅުމާލެއާއި މާލެއިން 100 އަށްވުރެ ގިނަ އުޅަނދު ޓޯކޮށްފައިވާކަަަމަށް ތަފާސްހިސާބުތަކުން ހާމަވެއްޖެއެވެ. މާލެ ސަރަހައްދުގެ މަގުތަކުގައި ގަވައިދާ ޚިލާފަށް ހުންނަ އުޅަނދުތައް ނެގުމުގެ މަސައްކަތް ފުލުހުން އަންނަނީ ކުރަމުންނެވެ. އެކަމަށް ޚާއްސަ އުޅަނދެއް މިހާރު ބޭނުންކުރަން ފަށާފައިވާއިރު، މިދިޔަ ދެ ދުވަހު މާލެއާއި ހުޅުމާލެއިން ޓޯކުރެވުނު އުޅަނދުގެ ތަފްސީލުތައް މިއަދު ވަނީ އާންމުކޮށްފައެވެ. ޖުމުލަ 142 އުޅަނދު ވަނީ މިދިޔަ ބުދަ ދުވަހާއި އިއްޔެ ޓޯކޮށްފައެވެ. އެއީ، މާލެއިން ޓޯކުރި 91 އުޅަނދާއި ހުޅުމާލެއިން ޓޯކުރި 51 އުޅަނދެވެ. މާލެއިން އުޅަނދެއް ޓޯކުރަނީ: މިދިޔަ ދެ ދުވަހު ހުޅުމާލެއާއި މާލެއިން ވަނީ ސަތޭކައަށް ވުރެ ގިނަ ވެހިކަލް ޓޯކޮށްފައި ---- ފޮޓޯ/ ފުލުހުން އެ އުޅަނދުތަކުގެ ތެރޭގައި އެންމެ ގިނައީ ދެފުރޮޅުލީ އުޅަނދުތަކެވެ. އެ ބާވަތުގެ 121 އުޅަނދު ޓޯކޮށްފައިވާއިރު، ހަތަރު ފުރޮޅުލީ 21 އުޅަނދެއް މިދިޔަ ދެ ދުވަހު ވަނީ ޓޯކޮށްފައެވެ. އޭގެއިތުރަށް، މާލެއިން 15 އުޅަނދެއްގެ ޕާކިން ޒޯން ފުލުހުން ވަނީ ބަދަލުކޮށްފައެވެ. ހިސާބުތަކުން އެނގޭ ގޮތުގައި، ހުޅުމާލެއިން އެންމެ ގިނައިން މިދިޔަ ދެ ދުވަހު ޓޯކުރީ ގަވައިދާ ޚިލާފަށް ޕާކުކޮށްފައި ހުރި އުޅަނދުތަކެވެ. އެ ބާވަތުގެ 41 އުޅަނދު ޓޯކުރިއެވެ. އަދި، ލައިސަންސް ނެތި ދުއްވައިގެން ހަތް އުޅަނދާއި ނުރައްކާތެރިކޮށް ދުއްވި އުޅަނދަކާއި ރަޖިސްޓްރީ ނަމްބަރު ބަދަލުކޮށްގެން ދުއްވި އުޅަނދެއް ވެސް ޓޯކުރިއެވެ. މިދިޔަ ދެ ދުވަހު، ހުޅުމާލޭގައި ފުލުހުން ވަނީ ވިހި އުޅަނދެއް ޓްރެފިކް ޖޫރިމަނާކޮށްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ