ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަން ކޮށްފައިވާ ބޭފުޅުންނަށާއި ވެރިކަން ކުރައްވާފައި ތިއްބަވާ ބޭފުޅުންނަށް ދޭ އިނާޔަތްތައް ކަނޑާލަން ތާއީދުކަން ބައެއް މެންބަރުން ސޯޝަލްމީޑިއާގައި އިއުލާނު ކުރައްވައިފި އެވެ.
މަޖިލީހުގެ ކުރީގެ މެންބަރުންނަށާއި ވެރިކަން ކުރައްވާފައި ތިއްބަވާ ބޭފުޅުންނަށް ދޭ އިނާޔަތްތައް ކަނޑާލަން ތާއީދު ކުރައްވައި ސޯޝަލްމީޑިއާގައި އެންމެ ފުރަތަމަ ޕޯސްޓު ކުރެއްވީ ގަލޮޅު އުތުރު ދާއިރާގެ މަޖިލިސް މެންބަރު މުހައްމަދު އިބްރާހިމް (ކުޑޫ) އެވެ.
އެކްސްގައި ރޭ އޭނާ ކުރެއްވި ޕޯސްޓުގައި ވިދާޅުވީ މުޅި އުމުރު ދައުލަތަށް ހިދުމަތް ކޮށްފައިވާ މީހުންގެ ތެރޭގައި ބޮޑެތި ބަލިތައް ތަހަންމަލު ކުރަމުންދާ މީހުން ވެސް އެބަތިބި ކަމަށެވެ. ނަމަވެސް އެމީހުންނަށް އޮތީ ބޭސްފަރުވާއަށް ސަލާން ޖެހުން ކަމަށް ކުޑޫ ވިދާޅުވި އެވެ.
"މުޅި އުމުރު ދައުލަތަށް ހިދުމަތްކޮށްފައި، ސަރުކާރުގެ އިސް މަގާމުތައް އަދާކޮށްފައި، މިހާރު ބޮޑު ބައްޔެއް ތަހައްމަލު ކުރަމުންދާ، ބޭސްފަރުވާ އަށް ސަލާން ޖަހަމުންދާ ފަރާތަކާއި ދާދި ފަހުން ދިމާވި، އޭގެ އެތައް ބަޔަކު މިރާއްޖޭގައި ދިރިއުޅޭ،" ކުޑޫ ކުރެއްވި ޕޯސްޓުގައި ލިޔުއްވާފައިވެ އެވެ.
"ވަޒީފާއިން ވަކިވުމަށްފަހު އެފަރާތްތަކަށް ނުލިބޭ އިނާޔަތެއް، ގަދަރެއް، އިއްޒަތެއް ރައްޔިތުންގެ މަޖިލިސް މެންބަރަކަށް ވީތީ ލިބުމަކީ އިންސާފެއް ނޫން. އެކަން ބަލައެއް ނުގަނެވޭނެ."
ކުޑޫގެ އިތުރުން ދެން އެކަމަށް ތާއީދު ކުރައްވައި ސޯޝަލްމީޑިއާގައި ޕޯސްޓު ކުރެއްވީ ހުޅުމާލެ ދެކުނު ދާއިރާގެ މަޖިލިސް މެންބަރު، އަހުމަދު ޝަމްހީދު އެވެ.
އޭނާ ކުރެއްވި ޕޯސްޓުގައި ވިދާޅުވީ ކުރީގެ މެންބަރުންނާއި ވެރިކަން ކުރެއްވި ބޭފުޅުންގެ އިތުރުން ވެސް އެފަދަ އެހެން މަގާމުތައް އަދާ ކުރައްވާ ބޭފުޅުންނަށް ދޭ އިނާޔަތްތައް ކަނޑާލަންޖެހޭ ކަމަށެވެ.
"މަޖުލިސް މެމްބަރުންނާއި، ކުރީގެ ރައީސުންނާއި، އަދި ހަމައެފަދަ އެހެނިހެން މަގާމުތަކުގައި ތިބޭ ފަރާތްތަކަށް މިހާރު ލިބޭ ހުރިހާ އިނާޔަތެއް އުވާލަންޖެހޭ.." ޝަމްހީދު ކުރެއްވި ޕޯސްޓުގައި ލިޔުއްވާފައިވެ އެވެ.
ހިތަދޫ މެދު ދާއިރާގެ މެންބަރު، އަހުމަދު އަޒާން މަރުޒޫގު ވެސް ވަނީ ކުރީގެ މެންބަރުންނަށް ދައުލަތުން ދޭ އިނާޔަތްތައް ކަނޑާލަން ތާއީދު ކުރައްވައި އެކްސްގައި ޕޯސްޓު ކުރައްވައިފަ އެވެ. ނަމަވެސް އޭނާ ކުރެއްވި ޕޯސްޓުގައި ވެރިކަން ކުރެއްވި ބޭފުޅުންނަށް ދޭ އިނާޔަތް ކަނޑާލަން ތާއީދު ކުރައްވައިފައެއް ނުވެ އެވެ.
އޭނާ މިއަދު ކުރެއްވި ޕޯސްޓުގައި ވިދާޅުވީ އެހެނިހެން ދާއިރާތަކުގައި މަސައްކަތް ކޮށްފައިވާ މީހުންނަށް ދޭ ޕެންޝަންގެ އުސޫލަށް ވެސް ބަދަލުތަކެއް ގެންނަންޖެހޭ ކަމަށެވެ.
ކުރީގެ މެންބަރުންނާއި ރައީސުންނަށް ދޭ އިނާޔަތްތައް ކަނޑާލަން ބައެއް މެންބަރުންގެ ތާއީދު ކުރީގެ މެންބަރުންނާއި ރައީސުންނަށް ދޭ އިނާޔަތްތައް ކަނޑާލަން ބައެއް މެންބަރުންގެ ތާއީދު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ