މިނިވަން މީޑިއާ ނެތިކޮށްލާ ބިލަށް ޖުމުލަ 14 އިސްލާހެއް ބަންޑާރަނައިބުގެ އޮފީހުން ހުށަހަޅައިފި އެވެ.
ބަންޑާރަނައިބުގެ އޮފީހުން ދާދި ދެންމެއަކު އާންމުކުރި ނޫސްބަޔާނެއްގައި ބުނީ ތުޅާދޫ ދާއިރާގެ މަޖިލިސް މެންބަރު، އަބްދުލްހަންނާން އަބޫބަކުރު ހުށަހަޅުއްވާފައިވާ ބިލަށް ގެންނަން ފެންނަ އިސްލާހުތައް މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީއަށް ހުށަހަޅާފައިވާ ކަމަށެވެ.
"މި އިސްލާހުތަކުގެ އިތުރުން، ކޮމިޝަނުން މައްސަލައެއް ބަލައި ނިމެންދެން އިދާރީ ފިޔަވަޅެއްގެ ގޮތުން، ވަގުތީގޮތުން މީޑިއާއެއްގެ ރަޖިސްޓްރީ ބާތިލް ކުރުމުގެ ބާރު ކޮމިޝަނަށް ލިބިދީފައިވާ މާއްދާ (66 ވަނަ މާއްދާގެ (ޅ)) އުނިކުރުމަށްވެސް ސަރުކާރުގެ ފަރާތުން ހުށަހަޅާފައިވާނެ," ބަންޑާރަނައިބުގެ އޮފީހުން ނެރުނު ބަޔާނުގެ ފަހުން އުޝާމް ލިޔުއްވި އެވެ.
ބަންޑާރަނައިބުގެ އޮފީހުން ހުށަހަޅާފައިވާ އެންމެ ބޮޑެތި އިސްލާހުތަކުގެ ތެރޭގައި ހިމެނެނީ ވަކިވަކި ނޫސްވެރިންނަށް ފިޔަވަޅު އެޅޭގޮތަށް ބިލުގައި އޮތް މާއްދާ އުނި ކުރުމަށާއި އެ ބިލުގެ ދަށުން އުފައްދާ ކޮމިޝަނުގެ މެންބަރުން ވަކި ކުރުމުގެ ބާރު، އެ މެންބަރުން އައްޔަނުކުރާ ބަޔަކަށް ދިނުމެވެ.
އަދި އެ ކޮމިޝަނުން މައްސަލައެއް ބަލައި ނިމެންދެން ވަގުތީ ގޮތުން މީޑިއާއެއްގެ ލައިސެންސް ބާތިލު ކުރުމުގެ ބާރު ކޮމިޝަނަށް ދީފައި އޮތް މާއްދާ އުނި ކުރުމަށާއި ކޮމިޝަނުގެ ރައީސް އައްޔަނު ކުރުމުގެ ބާރު ރައީސުލްޖުމްހޫރިއްޔާއަށް ދޭގޮތަށް އޮތް މާއްދާތައް ބަދަލު ކުރަން ބަންޑާރަނައިބުގެ އޮފީހުން ވަނީ އިސްލާހު ހުށަހަޅައިފަ އެވެ.
އޭގެއިތުރުން ސިޔާސީ ޕާޓީއެއްގެ މެންބަރަކަށް ބިލުގެ ދަށުން އުފައްދާ ކޮމިޝަނުގެ މެންބަރަކަށް ނުވެވޭ ގޮތް ހެދުމާއި ބިލުގައި ހިމަނާފައިވާ އާންމު ނިޒާމާއި ގައުމީ ސަލާމަތާއި އިލެކްޓްރޯނިކް މީޑިއާގެ މާނަކުރުން އިތުރަށް ތަފުސީލު ކޮށްދިނުން ބަންޑާރަނައިބުގެ އިސްލާހުތަކުގެ ތެރޭގައި ހިމެނެ އެވެ.
އެ ކަންކަމުގެ އިތުރުން ބަންޑާރަނައިބުގެ އޮފީހުން ހުށަހެޅި އިސްލާހުތަކުގެ ތެރޭގައި ހިމެނެނީ ކޮމިޝަނުގެ މަސްއޫލިއްޔަތުތައް އިތުރުކުރުމާއި މީޑިއާގެ ސުލޫކީ ހަމަތައް ހަރުކަށި ކުރުމާއި ތެދު ހާމަ ކުރުމުގެ ޒިންމާއަށް މިންގަނޑުތަކެއް އިތުރު ކުރުން އަދި މީޑިއާތަކުގެ އެޑިޓަރުންނަކީ ކޮމިޝަނުން ކަނޑައަޅާ ޝަރުތުތަކެއް ފުރިހަމަވާ ބައެއްކަމުގައި ހަމަޖެއްސުމަށް މާއްދާއެއް އިތުރު ކުރުމެވެ.
އަދި ކޮމިޝަނުގެ ހަރަދުތައް ހަމަޖެއްސުމަށްޓަކައި ކޮމިޝަނުގެ ލަފައާއެކު ދައުލަތުގެ ބަޖެޓުން ކޮންމެ އަހަރަކު ކޮމިޝަނަށް ވަކި މިންވަރެއް ކަނޑައަޅަންވާނެ ކަމަށް ބަޔާންކޮށ މާއްދާއެއް ހިމެނުމަށް ވެސް ބަންޑާރަނައިބުގެ އޮފީހުން ވަނީ ހުށަހަޅައިފަ އެވެ.
މީޑިއާ ނެތިކޮށްލާ ބިލަށް ބަންޑާރަނައިބުގެ 14 އިސްލާހެއް މީޑިއާ ނެތިކޮށްލާ ބިލަށް ބަންޑާރަނައިބުގެ 14 އިސްލާހެއް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ