އިދިކޮޅު މައި ޕާޓީ މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) ގެ ގައުމީ މަޖިލީހުގެ މެންބަރު ހުސައިން ހަސަން ހައްޔަރުކޮށްފި އެވެ.
އެ ޕާޓީގެ ގައުމީ މަޖިލީހުގައި އުފަން ރަށް، ވިލިނގިލި ދާއިރާ ތަމްސީލު ކުރާ ހުސައިން ހައްޔަރުކުރީ މީގެ ކުޑަވަގުތުކޮޅެއް ކުރިންނެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި އޭނާ ހައްޔަރުކުރީ ފުލުހުންގެ އޮޕަރޭޝަނެއްގެ ފޮޓޯ ނަގައިގެންނެވެ. އެއީ ޑްރަގު އެންފޯސްމަންޓުގެ އޮޕަރޭޝަނެކެވެ.
މަންޒަރު ދުށް މީހުން އަދަދު އަށް މައުލޫމާތު ދިން ގޮތުގައި ފުލުހުން އޮޕަރޭޝަން ހިންގަމުން ދިޔައީ ސަރަހައްދު ވަކިކުރަން ޓޭޕު ދަމައިގެންނެއް ނޫނެވެ. އެ ތަނުގެ ފޮޓޯއެއް ނެގުމުން ހުސައިންއަށް އިންޒާރު ދީ އޭނާއަށް އަނިޔާކޮށް ހައްޔަރުކޮށްގެން ގެންގޮސްފައިވާ ކަމަށް މައުލޫމާތު ލިބެ އެވެ.
ފުލުހުންގެ ބަހެއް މިކަމުގައި މިހާތަނަށް ލިބިފައި ނުވެ އެވެ.
އެމްޑީޕީ ގައުމީ މަޖިލީހުގެ މެންބަރު ހުސައިން ހަސަން ހައްޔަރުކޮށްފި އެމްޑީޕީ ގައުމީ މަޖިލީހުގެ މެންބަރު ހުސައިން ހަސަން ހައްޔަރުކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ