ޓެކުހާ ގުޅޭ 200 މައްސަލަ އެބައޮތް، ކޯޓު މަރުހަލާއާ ހެދި ބިލިއަނެއްހާ ރުފިޔާ ތާށިވެފައި: ޒަރީރު

ޓެކްސް އާ ގުޅޭ 200 އެއްހާ މައްސަލަ އޮތް އިރު، ކޯޓު މަރުހަލާތަކާ ހެދި ދައުލަތަށް ނުލިބި ތާށިވެފައި ހުރި ބިލިއަނެއްހާ ރުފިޔާ އެބަހުރި ކަމަށް ކޮމިޝަނާ ޖެނެރަލް އޮފް ޓެކްސޭޝަން ހަސަން ޒަރީރު ވިދާޅުވެއްޖެއެވެ.
ޒަރީރު މިހެން ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ ބަޖެޓް ދިރާސާ ކުރާ ކޮމިޓީގެ މިއަދު ބައްދަލުވުމުގައި ޓެކްސް ފައިސާ ހޯދުމުގައި ހުރި ގޮން ޖެހުންތަކާ ގުޅެ ގޮތުން ވާހަކަ ދައްކަވަމުންނެވެ.
ޒަރީރު ވިދާޅުވީ ޓެކްސް ފައިސާ ހޯދަން އޮތް އެންމެ ބޮޑު ގޮން ޖެހުމަކީ ޓެކްސް އެޕީލް ޓްރައިބިއުނަލް މަރުހަލާ އިން ފެށިގެން ސުޕްރީމް ކޯޓާ ހަމައަށް ޓެކުހާ ގުޅޭ މައްސަލައެއް ނިމެން ގާތްގަނޑަކަށް 10 ވަރަކަށް އަހަރު ނަގާ ކަމަށެވެ. މިހާ ދިގު މުއްދަތެއް އެންމެ މައްސަލއެއް ބަލަން ނަގާއިރު އެ މުއްދަތުގައި ލިބެންޖެހޭ ފައިސާ ހުންނަނީ ބްލޮކްވެފައިވާ ކަމަށް ޒަރީރު ވިދާޅުވިއެވެ. އެގޮތުން އެފަދައިން ބްލޮކްވެފައި ހުރި ބިލައެއްހާ ރުފިޔާ އެބަހުރި ކަމަށް ޒަރީރު ވިދާޅުވިއެވެ.
އެގޮތުން މިހާރު ވެސް ޓެކްސްގެ 200 އެއްހާ މައްސަލައެއް ބަލަމުން އަންނަ އިރު އެ މައްސަލަތަކުގައި މަސައްކަތް ކުރަން ތިބީ އެންމެ 5 ވަރަކަށް ވަކީލުން ކަމަށް ޒަރީރު ވިދާޅުވިއެވެ. އަދި މީގެ ކުރީގައި މައްސަލަތަކުގައި ކޯޓުތަކަށް އެކްސްޕާޓުންނަށް ދެވުނު ކަމުގައި ވިޔަސް މިހާރު އެ ފުރުސަތު ނެތުމކީ ވެސް އޮތް ގޮންޖެހުމެއްގެ ގޮތުގައި ޒަރީރު ފާހަގަކުރެއްވިއެވެ.
މި މަސައްކަތުގައި އުޅޭ ވކީލުން މަދު ވިޔަސް އައުޓްސޯސް ކުރާ ގޮތަށް ވަކީލުން ހަޔާ ކުރެވެން ނެތް ކަމަށް ވެސް ޒަރީރު ވިދާޅުވިއެވެ. މީރާގައި މަސައްކަތްކުރާ ވަކީލުންނަކީ އެހެން އެއްވެސް ލީގަލް މަސައްކަތެއް ކުރެވޭނެ ވަކީލުން ނޫން ކަމަށް އޭނާ ވިދާޅުވިއެވެ. އެހެން ގައުމުތަކުގައި ޓެކްސްގެ މައްސަލަތައް ބަލާ ފަނޑިޔާރުންނަކީ ޓެކްސް ލޯއިން ވަކި ހާއްސަ ކޮލިފިކޭޝަނެއް އޮތުން ލާޒިމްވާ ބަޔަކަށް ވިޔަސް، ރާއްޖޭގައި އެފަދަ އުސޫލެއް ނެތުމުން ހުކުމް ކުރުމުގައި ބައެއް ގޯސްތައް ހަދާތަން ފެންނަ ކަމަށް ޒަރީރު ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ