މިނިސްޓަރު ޢަބުދުﷲ ނާޞިރުގެ މަންމާފުޅު އަވަހާރަވެއްޖެ، ރައީސްގެ ތައުޒިޔާ

މިނިސްޓަރ އެޓް ދަ ޕްރެޒިޑެންޓްސް އޮފީސް، ޢަބްދުﷲ ނާޞިރުގެ މަންމާފުޅު ޝަރީފާ މުޙައްމަދު، މ.ދިލޭރާމްގެ/މާލެ އަވަހާރަވެއްޖެއެވެ.
މިނިސްޓަރު ޢަބުދުﷲ ނާޞިރު މަންމާފުޅު އަވަހާރަވުމާއި ގުޅިގެން ރައީސް ޑރ. މުޙައްމަދު މުޢިއްޒު މީސްމީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، އެ ޚަބަރު އަޑުއެއްސެވީ ފުން ހިތާމައާއިއެކުގައި ކަމަށެވެ. އަދި ރައީސް ވަނީ ތަޢުޒިޔާ ދަންނަވައި، ކެތްތެރިކަން މިންވަރުކޮށްދެއްވުން އެދި ދުޢާކުރަށްވާފައެވެ.
ޝަރީފާ މުޙައްމަދު، މ.ދިލޭރާމްގެ/މާލެ އަކީ ޢަބްދުﷲ ނާޞިރުގެ އިތުރުން ފަންޑް މެނޭޖްމަންޓް ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރ އަހްމަދު ނާޒިމް (ހެރިންސް އައްމަޑޭ)ގެ ވެސް މަންމާފުޅެވެ.
ޝަރީފާ މުހައްމަދު އަވަހާރަވީ އުމުރުފުޅުން 83 އަހަރުގައެވެ.
ޝަރީފާ މުހައްމަދުގެ މައްޗަށް ކުރެވޭ ކަށުނަމާދު ބާއްވަން ހަމަޖައްސާފައި ވަނީ މިއަދު މަޣްރިބް ނަމާދަށްފަހު އިސްލާމީ މަރުކަޒުގައެވެ. އަދި މޫނު ދެއްކުން ވެސް ކުރިއަށް ދާނީ އިސްލާމީ މަރުކަޒުގައެވެ.
 
Thiladhun © 2019 – 2025| Made with in #Thiladhunmathi
Thiladhun © 2019 – 2025
Made with ❤️ in #Thiladhunmathi
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ