ސިނގިރެޓް ގެއްލުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން، ފިޔަވަޅު އަޅާނެ: ފުލުހުން

ފުލުހުންގެ ބެލުމުގެ ދަށުގައި ހުއްޓައި، 31 ކާޓަން ސިނގިރޭޓު ގެއްލިފައިވާއިރު، ރައްޔިތުން އެ މުއައްސަސާއަށް ކުރާ އިތުބާރު ގެއްލުވާލަން އެއްވެސް ފުލަހަކަށް ފުރުސަތެއް ނުދޭނެ ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ، ގާނޫނާ ހިލާފަށް ރާއްޖެއަށް އެތެރެކޮށްފައިވާ ކަމަށް ތުހުމަތު ކުރެވިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެނައި 32 ކާޓަން ސިނގިރޭޓް ވިލިމާލެ ޕޮލިސް ސްޓޭޝަންގެ ބެލުމުގެ ދަށުގައި ހުއްޓައި، އޭގެ ތެރެއިން ހަ ކާޓޫން ސިނގިރޭޓް މަދުވެފައިވާ މައްސަލައެއް ފުލުހުން ތަހުގީގު ކުރަމުންދާ ކަމަށެވެ.އޮފިޝަލް ވިދާޅުވިގޮތުގައި، މި ތަކެއްޗަކީ ބިދޭސީއެއްގެ އަތުން މެއި މަހުގެ 23 ވަނަ ދުވަހު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ތަކެއްޗެވެ.މިކަމާއި ގުޅިގެން މިއަދު ނެރުނު ނޫސްބަޔާނެއްގައި ފުލުހުން ބުނީ އެ އިދާރާގެ އަހުލާގީ މިންގަނޑުތަކާއި އަސާސީ އުސޫލުތަކާ ހިލާފު ކޮންމެ ކަމަކީ ބޮޑު އިސްކަމެއް ދީގެން ތަހުގީގުކޮށް، ގާނޫނީ ފިޔަވަޅު އަޅާނެ ކަންކަން ކަމަށެވެ. ފުލުހުންގެ ބެލުމުގެ ދަށުގައި ހުންނަ ތަކެތި ގެއްލުމަކީ އެއްވެސް ހާލަތެއްގައި ބަލައިގަނެވޭނެ ކަންކަން ނޫން ކަމަށް އެ ބަޔާނުގައި ބުންޏެވެ."އަދި މިކަމަކީ ފުލުހުންގެ ފަރާތުން ފެންނަން ޖެހޭ އަހުލާގައި ހަރުދަނާ މަސައްކަތުގެ ރޫހާ ކަނޑައެޅިގެން ހިލާފު ކަމެކެވެ، ވީމ،ާ މިކަމުގައި ބައިވެރިވެފައިވާ ފަރާތް ނުވަތަ ފަރާތްތައް ދެނެގަނެ، އަޅަން ޖެހޭ ފިޔަވަޅުތައް އެޅުމަށް ކުރަން ޖެހޭ އެންމެހާ ކަންކަން މި ހިދުމަތުން ކުރާނެ ވާހަކަ ދަންނަވަމެވެ،" އެ ބަޔާނުގައިވެ އެވެ.ފުލުހުން ބުނީ އެ މުއައްސަސާގެ ހުރުމަތް ކުޑަކޮށް، އާންމު ރައްޔިތުން ފުލުހުންނަށް ކުރާ އިތުބާރު ގެއްލުވާލަން އެއްވެސް މުވައްޒަފަކަށް އެ އިދާރާއިން ފުރުސަތު ނުދޭނެ ކަމަށެވެ.އޭގެއިތުރަށް، އެ މުއައްސަސާގެ ހިދުމަތްތައް ބައްޓަން ކުރަމުން ދަނީ، ހުރިހާ ފުލުހުންނަކީ ނަޒާހަތްތެރިކަން ހިފަހައްޓައި، ސާބިތުކަމާ އެކީ ދެމިތިބެ އިހުލާސްތެރި ޚިދުމަތްތަކެއް ރައްޔިތުންނަށް ފޯރުކޮށްދޭ ބަޔަކަށް ހެދުމުގެ އަމާޒުގައިކަން ބަޔާނުގައި ފާހަގަކުރި އެވެ.ފުލުހުން އެ ފަދައިން ބުނިއިރު، ސިނގިރޭޓު ވަގަށް އެތެރެކުރުމާއި، ވަގަށް ނެގުމުގެ ބޮޑެތި މައްސަލަތަކެއް ފާއިތުވި އަހަރެއްހާ ދުވަހުގެ ތެރޭގައި ވަނީ ފެންމަތިވެފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ