ތުރުކީގައި 100 އަށް ވުރެން ގިނަ ރެފްރީން ބެޓް ކުރުމުގައި އުޅޭ މައްސަލަ ތަހުގީގުކުރަނީ ތުރުކީގައި 100 އަށް ވުރެން ގިނަ ރެފްރީން ބެޓް ކުރުމުގައި އުޅޭ މައްސަލަ ތަހުގީގުކުރަނީ

އިސްތަންބޫލް، ތުރުކީ (އޮކްޓޫބަރު 29) - ތުރުކީގެ ފުޓްބޯޅައިގައި ހަރަކާތްތެރިވާ 100 އަށް ވުރެން ގިނަ ރެފްރީން ބެޓް ކުރުމުގައި ހަރަކާތްތެރިވާ މައްސަލައެއް ތަހުގީގު ކުރަމުން އަންނަ ކަމަށް ތުރުކީގެ ފުޓްބޯޅަ ފެޑެރޭޝަނުން ބުނެފި އެވެ.
ފަސް އަހަރު ވަންދެން ހިންގި ތަހުގީގެއްގެ ކަންކަން ސީރިއަސްކޮށް ބަލަން ފެށީ މި އަހަރުގެ އޭޕްރިލް މަހުން ފެށިގެންނެވެ. އެ ގޮތުން، ތުރުކީ ފުޓްބޯޅަ ފެޑެރޭޝަނުން ހިއްސާކުރި މައުލޫމާތުތަކަށް ބަލާއިރު، މެޗު އޮފިޝަލުން (ރެފްރީންނާއި ލައިސްމަނުން) ހިމެނޭ ގޮތަށް ތުރުކީގައި ހަރަކާތްތެރިވާ 571 އޮފިޝަލުން ތެރެއިން، 371 އޮފިޝަލުން ބެޓިން އެކައުންޓް ހުޅުވައިގެން އެކަމުގައި ހަރަކާތްތެރިވެ އެވެ. އަދި، އޭގެ ތެރެއިން 152 އޮފިޝަލުން ގަވާއިދުން ފުޓްބޯޅަ މެޗުތަކުގައި ބެޓް ކުރުމުގެ ކަންކަމުގައި އުޅެފަައިވާކަން ތަހުގީގަށް ވަނީ ހޯދިފަ އެވެ.
ބައެއް އޮފިޝަލުން އެންމެ ފަހަރަކު މެޗަކަށް ބެޓް ކޮށްފައިވާއިރު، 42 އޮފިޝަލުން (ރެފްރީންނާއި ލައިންސްމަނުން) ވަނީ 1000 އަށް ވުރެން ގިނަ މެޗަށް ބެޓްކޮށްފަ އެވެ. އޭގެ ތެރެއިން އެއް އޮފިޝަލަކު އެކަނި 18،227 ބެޓް ކޮށްފައިވާ ކަމަށް ތަހުގީގަށް ވަނީ މައުލޫމާތު ލިބިފަ އެވެ.
ތުރުކީގެ ފުޓްބޯޅަ ފެޑެރޭޝަންގެ ރައީސް، އެތެމް ހަސިއަސްމަނޯގްލޫ ވިދާޅުވީ، ތަހުގީގަށް ލިބިފައިވާ މައުލޫމާތަށް ބަލާއިރު، ތުރުކީގެ އެންމެ މަތީ ދެ ޑިވިޝަނުގައި މަސައްކަތްކުރާ ހަތް ރެފްރީ އަކާއި 15 އެސިސްޓަންޓް ރެފްރީން ވެސް މި ބެޓިންގެ ކަންކަމުގައި ޝާމިލުވެ އުޅެ އެވެ.
އެއްވެސް ރެފްރީއެއްގެ ނަން ތުރުކީ ފުޓްބޯޅަ ފެޑެރޭޝަނުން އާންމުކޮށްފައިނުވި ނަމަވެސް، ތަހުގީގުގެ މި މުއްދަތުގައި އޭގެއިން އެއްވެސް ރެފްރީ އަކަށް މެޗެއް އިންސާފުކުރުމުގެ ފުރުސަތު ނުދޭނެ އެވެ. ރިޕޯޓްތައް ބުނާގޮތުން، ތުރުކީ ފުޓްބޯޅަ ފެޑެރޭޝަނުން މިހާރު ބަލަމުން އަންނަނީ މެޗުތަކަށް އެރި ރެފްރީން އެ މެޗުތަކަށް ކޮށްފައިވާ ބެޓްތަކެއްވާނަމަ އޭގެ ތަފްސީލް އެވެ.
ފީފާ އިން ވަނީ ކުޅުންތެރިންނާއި ރެފްރީން އަދި މެޗުގައި ޝާމިލުވާ އެއްވެސް އޮފިޝަލަކު ބެޓިން އެކައުންޓް ހުޅުވައިގެން އެ މަސައްކަތުގައި އުޅުން މަނާކޮށްފަ އެވެ. ބެޓް ކުރިކަން ސާބިތުވެއްޖެނަަމަ، ފުޓްބޯޅައިގެ ހުރިހާ ހަރަކާތަކުން ތިން އަހަރު ދުވަހުގެ ސަސްޕެންޝަނެއް އަންނާނެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ