މެޑްރިޑް (އޮކްޓޫބަރު 29) - ރެއާލް މެޑްރިޑްގެ ޑިފެންޑަރު، ޑެނީ ކާވަހާލް، ކަކުލުގެ އޮޕަރޭޝަނެއްކޮށް ކުޅުމާ ދުރަށްދާން ޖެހިއްޖެ އެވެ
ރިޕޯޓްތައް ބުނާގޮތުން، ކާވަހާލް، 33، އަށް ކުޅުމަށް އެނބުރި އާދެވޭނީ ދެ މަހެއްހާ ދުވަސް ފަހުންނެވެ.
މިދިޔަ އަހަރު ވެސް ކާވަހާލް އަށް ވަނީ އެ ކަކުލަށް ލިބުނު އަނިޔާއަކާ ގުޅިގެން އޮޕަރޭޝަނެއް ކުރަން ޖެހިފަ އެވެ.
މިދިޔަ ސީޒަނުގެ ގިނަ މެޗުތަކެއް ކާވަހާލް އަށް ގެއްލިގެންދިޔައިރު، މި ފަހަރު އެ ކަކުލަށް އަނިޔާވެފައި މި ވަނީ އެންމެ ފަހުން ލީގުގައި ބާސެލޯނާ އާ ދެކޮޅަށް ކުޅުނު މެޗުގަ އެވެެ. ކާވަހާލް އަށް ގެއްލޭނެ މެޗުތަކަށް ބަލާއިރު، ޗެމްޕިއަންސް ލީގުގައި ލިވަޕޫލާއި މެންޗެސްޓާ ސިޓީއާ ދެކޮޅަށް ރެއާލުން ކުޅޭ މެޗުތައް ހިމެނެ އެވެ.
ރެއާލްގެ އެކަޑަމީން ކެރިއަރު ފަށައި، ބަޔާ ލެވަކޫސަނަށް ވެސް ކުޅުނު ކާވަހާލް އަށް ފާއިތުވި ދެ ސީޒަނެއްގައި އަނިޔާގެ އެކި މައްސަަލަތަކާ ހުރެ ގިނަ މެޗުތަކެއް ވަނީ ގެއްލިފަ އެެވެ. ކާވަހާލަށް ދިމާވާ އަނިޔާގެ މައްސަލަތަކުގެ ސަބަބުން ރެއާލުން ކުރިމަގަށް ވިސްނައި، މި ފަހަރުގެ ޓްރާންސްފާ މާކެޓްގައި ލިވަޕޫލްގެ ޓްރެންޓް އަލެކްސަންޑަ އާނޯލްޑްގެ ސޮއި ހޯދި އެވެ. އަނިޔާ އަކުން ރަނގަޅުވެ، ދާދި ފަހުން އާނޯލްޑް ވަނީ އަލުން ޓީމާ ގުޅިފަ އެވެ.
ކާވަހާލް ކަކުލުގެ އޮޕަރޭޝަނެއްކޮށް ކުޅުމާ ދުރަށް ކާވަހާލް ކަކުލުގެ އޮޕަރޭޝަނެއްކޮށް ކުޅުމާ ދުރަށް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ