ޔޯގާއާއި ޕިލާޓީސް ކްލާސްތައް ނަގައިދޭ، އަންހެނުންގެ ދުޅަހެޔޮކަމަށް ޚާއްސަ 'ބެލެންސް ސްޓޫޑިއޯ' ހުޅުވައިފި
އަންހެނުންގެ ދުޅަހެޔޮކަމަށް ޚާއްސަކޮށް، ކަސްރަތުގެ ދެ ބާވަތެއް ކަމަށްވާ ޔޯގާއާއި ޕިލާޓީސް ކްލާސްތައް ނަގައިދޭ ބެލެންސް ސްޓޫޑިއޯ މިއަދު މާލޭގައި ހުޅުވައިފިއެވެ. އެމްއެފް ބިލްޑިންގުގެ ހަތަރު ވަނަ ފަންގިފިލާގައި ހުންނަ މި ސްޓޫޑިއޯ ހުޅުވައިދެއްވީ، އެގްރިކަލްޗާ އެންޑް އެނިމަލް ވެލްފެއާ މިނިސްޓަރު ޑރ. މަރިޔަމް މާރިޔާއެވެ. ބެލެންސް ޕްރޮޖެކްޓް ޕްރައިވެޓް ލިމިޓެޑްގެ ދަށުުން ހުޅުވި މި ސްޓޫޑިއޯގައި، ވަރަށް ގިނަ އަންހެނުންގެ މެދުގައި މަގުބޫލުވެފައިވާ ޕިލާޓީސްއާއި ޔޯގާ ކްލާސްތައް ނަގައިދޭނެއެވެ. ބެލެންސް ސްޓޫޑިއޯގައި ހުރި މެޝިންތަކެއް: މިތަނުގެ ކްލާސްތައް ފަށާނީ އަންނަ މަހު އެކަކުން ފެށިގެން ----- ސަން ފޮޓޯ/ މޫސާ ނަދީމް ހުރިހާ އުމުރުފުރައެއްގެ އަންހެނުންނަށް ޚާއްސަކޮށް ތައްޔާރުކޮށްފައިވާ މި ސްޓޫޑިއޯގެ ކުލާސްތައް ނަގައިދޭނީ 30 އަހަރުގެ ތަޖުރިބާ ލިބިފައިވާ އިންސްޓްރަކްޓަރުންނެވެ. ދެ އެކުވެރިން ކަމަށްވާ، ލީނާޒް ހުސައިނާއި އައިޝަތު މައިޝާ ހުސައިންގެ އެ ސްޓޫޑިއޯއިން ކުލާސްތައް ފަށާނީ އަންނަ މަހު އެކަކުން ފެށިގެންނެވެ. View this post on Instagram A post shared by Balance Studio (@balance.mv) މިދިޔަ ޑިސެމްބަރު މަހުން ފެށިގެން ސްޓޫޑިއޯގެ މަސައްކަތްތައް ކުރަމުން އައިއިރު، ފިނިޝިން މަސައްކަތްތައް ކޮށްދީފައިވަނީ ޕްރޮކްސީއިންކަން ބެލެންސް ސްޓޫޑިއޯއިން ފާހަގަކޮށްފައިވެއެވެ. ބެލެންސް ސުޓޫޑިއޯ: މިއީ އަންހެނުންނަށް ޚާއްސަ ސްޓޫޑިއޯއެއް ---- ސަން ފޮޓޯ/ މޫސާ ނަދީމް މި ސްޓޫޑިއޯ ހުލުވުމަށް ބޭއްވި ރަސްމިއްޔާތުގައި މިނިސްޓަރު މާރިޔާ ވިދާޅުވީ، ޕިލާސްޓީސްއަކީ ވަރަށް މަޝްހޫރު ކަސްރަތެއް ކަމަށާއި އެ ކަސްރަތުން އެކިކަހަލަ ފައިދާތައް ލިބޭ ކަމަށެވެ. މިނިސްޓަރު ވެސް ޕިލާޓީސް ހައްދަވާކަން ފާހަގަކުރައްވައި ވިދާޅުވީ، ހުރިހާ އުމުރެއްގެ އަންހެނުން ވެސް އެ ކަސްރަތު ކުރުން ރަނގަޅު ކަމަށެވެ. މީގެ އިތުރުން އެފަދަ ކަސްރަތުތައް ކުރަން އަންހެނުންނަށް ފުރުސަތެއް ލިބުމުން އެކަމާ ޝުކުރުވެރިވާ ކަމަށް ވެސް މިނިސްޓަރު ފާހަގަކުރެއްވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ