ކްލަބް މޯލްޑިވްސްގެ އަންހެން ޑިވިޝަން، އެއިޓީން ތާޓީގެ ފައިނަލުގައި، އެމްޕީއެލް އާއި ދިވެހި ސިފައިންގެ ކްލަބް (ޑީއެސްސީ) ބައްދަލުކުރަން ޖެހިއްޖެ އެެވެ.
ސިފައިންނާއި އެމްޕީއެލް ވެސް ވަނީ މި މުބާރާތުގެ ޗެމްޕިއަންކަން، ތިން ފަހަރު ހޯދައިފަ އެވެ.
ހަތަރު ޓީމުގެ މެދުގައި މި ފަހަރުގެ އެއިޓީން ތާޓީ މުބާރާތް ކުރިއަށްދާއިރު، ރޭ ކުޅުނީ ލީގު ބުރުގެ ފަހު މެޗުތަކެވެ. ސިފައިން ވަނީ ލީގު ބުރުގެ ތިން މެޗުން ވެސް މޮޅުވެ، ނުވަ ޕޮއިންޓް ހޯދައިފަ އެވެ. އަދި، ދެ ވަނަ އަށް ދިޔަ އެމްޕީއެލް އިން ހަތަރު ޕޮއިންޓް ހޯދިއިރު، ތިން ވަނަ ހޯދި ކްލަބް ވެމްކޯ އަށް ލިބުނީ ވެސް ހަތަރު ޕޮއިންޓެވެ. އެމްޕީއެލް ކުރިހޯދީ ލަނޑުގެ ތަފާތުންނެވެ. އެންމެ ފުލަށް ދިޔައީ އެންމެ ފަހުގެ ޗެމްޕިއަން، ޕޮލިސް ކްލަބް އެވެ. އެ ޓީމު ވަނީ، ކުޅުނު ތިން މެޗުން ވެސް ބަލިވެފަ އެވެ.
ރޭ ވެމްކޯ އަތުން 2-0 އިން ސިފައިން މޮޅުވިއިރު، ލަނޑުތައް ޖެހީ މައީޝާ އަބްދުލް ހަންނާން އާއި ވެމްކޯގެ އައިމިނަތު ފަޒްލާ އަތުން ބައިކޮޅަށް ވަން ގޯލެެކެވެ.
ޕޮލިސް އަތުން 4-1 އިން އެމްޕީއެލުން މެޗު ކާމިޔާބުކުރިއިރު އެ ޓީމުގެ ލަނޑުތައް ޖެހީ، ފާތިމަތު ޖޫޒާން ޒަރީރު ދެ ގޯލާއި ފަރާ އަހުމަދު އަދި ފާތިމަތު ތީބާ އެވެ. ޕޮލިހުގެ ލަނޑު ޖެހީ ސުމާ މުހައްމަދު އެވެ.
ކްލަބް މޯލްޑިވްސް އެއިޓީން ތާޓީގެ ފައިނަލް މެޗު އޮންނާނީ ހުކުރު ދުވަހުގެރޭގަ އެވެ.
އެއިޓީން ތާޓީ ފައިނަލުގައި އެމްޕީއެލް އާއި ސިފައިންގެ ކުރިމަތިލުމެއް އެއިޓީން ތާޓީ ފައިނަލުގައި އެމްޕީއެލް އާއި ސިފައިންގެ ކުރިމަތިލުމެއް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ