ގިނަ ބަޔަކު ބޭނުންކުރަމުންދާ އީޒެޕް މެދުވެރިކޮށް ބެވްކޯ މާޓުން ކުރާ ވިޔަފާރިއަށް ހާއްސަ ޑިސްކައުންޓެއް ތައާރަފްކޮށްފިއެވެ.
އީޒެޕުން ބުނީ، އެ އެޕްލިކެޝަން މެދުވެރިކޮށް ބެވްކޯ މާޓުން ކުރާ ކޮންމެ 500 ރުފިޔާއިން މަތީގެ ވިޔަފާރިއަކަށް 25 އިންސައްތައިގެ ޑިސްކައުންޓެއް މިހާރު ލިބޭނޭކަމަށެވެ. މި ޕްރޮމޯޝަނުގެ ދަށުން ބެވްކޯ މާޓުން ވިއްކާ ކައްކަން ބޭނުންވާ ތަކެއްޗާއި ސާފްކުރަން ބޭނުންވާ ތަކެތީގެ އިތުރުން ރީތިވުމަށް ބޭނުންވާ ސާމާނު ގަންނަ ފަރާތްތަކަށްވެސް މި ޑިސްކައުންޓް ލިބޭނެއެވެ.
މީގެ އިތުރުން އަންހެނުންނަށް ހާއްސަ އައިޓަމްތަކުންނާއި، އެނޫންވެސް އައިޓަމްތަކުން ޑިސްކައުންޓް ލިބިގެންދާނޭކަމަށް އީޒެޕުން ބުނެއެވެ. ބެވްކޯމާޓުން ގޭތެރޭގެ ބޭނުންތަކުގައި ބޭނުންކުރާ ގިނަ ބާވަތްތަކުގެ ތަކެތި ލިބެން ހުންނައިރު، ކަންމަތީ ފިހާރައަކުން ލިބޭނޭ ހުރިހާ އައިޓަމްތަކެއް ލިބެން ހުރެއެވެ.
އީޒެޕް މެދުވެރިކޮށް ފުޑް އޯޑަރާއި ގްރޯސަރީ އޯޑަރު ކުރުމުގެ ޕްރޮސެސް ތަފާތެވެ.
ފުޑްގެ ބާވަތްތައް އޯޑަރުދިނުމާއެކު އޭގެ ޕްރޮސެސް ވަގުތުން ފެށިނަމަވެސް، ގްރޯސަރީ އެއްޗިއްސަށް އޯޑަރު ކޮށްލުމުން ފިހާރައިން އެންމެފުރަތަމަ އެ އެއްޗެހި ސްޓޮކްގައި ހުރިތޯ ނުވަތަ ނެތްތޯ ޔަގީންކޮށް އެ އެއްޗެއް ނެތްނަމަ އުނިކޮށްފައި ކަސްޓަމަރަށް ޕޭކުރަން އަނބުރާ ފޮނުވާލައެވެ. އީޒެޕުން ބުނީ މިކަމާ ގުޅޭގޮތުން އިތުރު މައުލޫމާތު ބޭނުންނަމަ 7560606 ނަމްބަރަށް ވަޓްސްއަޕްކުރުމުން އިތުރު މައުލޫމާތު ލިބިގެންދާނެކަމަށެވެ. އެގޮތުން އީޒަޕްގެ ވަޓްސްއަޕް އެސިސްޓަންޓް މެދުވެރިކޮށް، ގްރޯސަރީގެ ބާވަތްތަކަށް އޯޑަރު ކުރާނެގޮތް ވީޑިއޯ މެދުވެރިކޮށް ކަސްޓަމަރަށް ކިޔާލަދޭނެއެވެ.
އީޒެޕްގެ އެންމެ ފަސޭހަކަމަކީ އޯޑަރު ޝެޑިއުލްކޮށްގެންވެސް މިހާރު ހިދުމަތް ހޯދޭކަމެވެ. އީޒެޕް މެދުވެރިކޮށް ގަންނަ ގްރޯސަރީގެ ބާވަތްތައް އޯޑަރުދީ ނިމޭތާ 30 މިނެޓާއު 45 މިނެޓާ ދެމެދުގެ ވަގުތެއްގައި ޑެލިވަރކޮށްދެއެވެ.
އީޒެޕުން ބުނީ މި ޕްރޮމޯޝަން މިހިނގާ ޑިސެމްބަރުމަހުގެ ނިޔަލަށް ކުރިއަށްދާނޭކަމަށެވެ. މިފަދަ ޕްރޮމޯޝަނެއް ކުރިއަށްގެންދިއުމުގެ މައިގަނޑު ސަބަބަކީ އޮފީސްތަކުގައި ބިޒީ ޝެޑިއުލެއްގައި މަސައްކަތްކުރާ ފަރާތްތަކުގެ އިތުރުން ހާއްސަ އެހީތެރިކަމަށް ބޭނުންވާ ފަރާތްތަކަށާއި، ގޭގައި ތިބެގެން ވިޔަފާރިކުރާ ފަރާތްތަކަށް ވިޔަފާރިކުރުމުގައި ލުއިފަސޭހަ ގޮތެއް ހޯދައިދިނުމަށެވެ.
ރާއްޖޭގައި އުފައްދާފައިވާ ފުރަތަމަ "ސުޕަ އެޕް“ އީޒެޕް، ތަރައްގީކޮށްފައިވަނީ ރާއްޖޭގައި އޮންލައިންކޮށް މިހާރު ދެވޭ ގިނަ ޚިދުމަތްތައް އެއްތަނަކުން ދެވޭ ގޮތަށެވެ.
އީޒެޕް އެޕްލިކޭޝަން ޑައުންލޯޑްކުރުމަށް: https://eeezap.com
އީޒެޕް މެދުވެރިކޮށް ބެވްކޯ މާޓުން ކުރާ ވިޔަފާރިއަށް 25 އިންސައްތައިގެ ހާއްސަ ޑިސްކައުންޓެއް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ