ޖޭޑީއެސް ސްކޮލަޝިޕާ ބެހޭ މައުލޫމާތު ދޭ އިތުރު ސެޝަންތަކެއް

ޖަޕާނުން ހިންގާ ހިއުމަން ރިސޯސް ޑިވެލޮޕްމަންޓް ސްކޮލާޝިޕް ޕްރޮގްރާމް (ޖޭޑީއެސް)ގައި ބައިވެރިވުމަށް ބޭނުންވާ މައުލޫމާތު ދިނުމުގެ ސެޝަންތަކެއް މާދަމާއި، އިތުރު ދެ ދުވަހު ކުރިއަށްގެންދަން ނިންމައިފިއެވެ. މި ސެޝަންތައް އޮންނާނީ، މާދަމާއާއި، ބުރާސްފަތި ދުވަހާއި، ހޮނިހިރު ދުވަހެވެ. މާދަމާގެ ސެޝަން އޮންނާނީ މެންދުރު 13:30 އިން 14:00 އަށް އޮންލައިންކޮށެވެ. މިއީ ރިޓްސުމެއިކަން އޭޝިއާ ޕެސިފިކް ޔުނިވާސިޓީ ޕްރޮފެސަރަކު ބާއްވާ މައުލޫމާތު ސެޝަނެކެވެ. ބުރާސްފަތި ދުވަހުގެ ސެޝަން އޮންނާނީ ހަވީރު 16:00 އިން 17:00 އަށް އޮންލައިންކޮށެވެ. މި ސެޝަންތަކުގައި ބައިވެރިވެވޭނީ https://forms.office.com/r/nDVY6w3mXh ލިންކް މެދުވެރިކޮށް ރަޖިސްޓްރީ ކޮށްގެންނެވެ. ހޮނިހިރު ދުވަހުގެ ސެޝަން އޮންނާނީ ހެނދުނު 10:30 އިން 11:30 އަށް މަރުކަބް ޕްލާޒާ، ނުވަވަނަ ފަންގިފިލާގައި ހުންނަ ކޮންފަރެންސް ރޫމުގައެވެ. އެ ސެޝަންގައި ބައިވެރިވެވޭނީ https://forms.office.com/r/pFFqWfKvX5 ލިންކު މެދުވެރިކޮށް ރަޖިސްޓްރީ ވެގެންނެވެ. މި ސެޝަންތަކުގެ ތެރެއިން ޖޭޑީއެސް ސްކޮލަޝިޕްގައި ހިމެނޭ ޕްރޮގްރާމްތަކާއި، އޭގެ ކަރިކިއުލަމާއި އެހެނިހެން މައުލުމާތުތައް ސާފުކުރެވޭނެއެވެ. ދެހާސް ވިހިވަނަ އަހަރު ރާއްޖޭގައި އިފުތިތާހުކުރި ޖޭޑީއެސް ސްކޮލާޝިޕްގެ މަގުސަދަކީ ތަރައްޤީވަމުން އަންނަ ގައުމުތަކުގެ އެކި ދާއިރާތަކަށް ބޭނުންވާ އިންސާނީ ވަސީލަތްތައް ތަރައްގީ ކުރުމަށް މީހުން ތަމްރީނު ކުރުމުގައި އެހީތެރިވުމެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ