މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު، މި އަހަރު ރާއްޖެއަށް އައި ޓޫރިސްޓުންގެ އަދަދު ހަ ޕަސެންޓުން ދަށްވެފައިވާ ކަމަށް ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކައިފި އެވެ.
ޓޫރިޒަމް މިނިސްޓްރީން އާންމުކޮށްފައިވާ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، އިއްޔެއާ ހަމައަށް ރާއްޖެއަށް އައީ 851,483 ޓޫރިސްޓުންނެވެ.
މިއީ މިދިޔަ އަހަރު އެ މުއްދަތުގައި ރާއްޖެއަށް އައި 908,542 ޓޫރިސްޓުންނާ އަޅާބަލާއިރު ހަ ޕަސެންޓުގެ ދަށްވުމެކެވެ.
މެދުއިރުމަތީގައި މިހާރު ކުރަމުންދާ ހަނގުރާމައިގެ ސަބަބުން ބައިނަލްއަގުވާމީ ވައިގެ އުދުހުންތަކަށް އައިސްފައިވާ ލޮޅުންތަކުގެ އިތުރުން ތެލުގެ އަގު އިންތިހާއަށް ބޮޑުވުމުގެ އަސަރު ރާއްޖޭގެ ޓޫރިޒަމަށް ވަނީ ވަރަށް ބޮޑަށް ކޮށްފަ އެވެ.
އިޒްރޭލާ ގުޅިގެން އެމެރިކާއިން އީރާނާ ދެކޮޅަށް ފެށި ހަނގުރާމައިގައި، ހަމަލާތައް ބަދަލުކުރުން މިހާރު މެދުކަނޑައިލުމާ ގުޅިގެން މެދުއިރުމަތީގެ ވައިގެ އުދުހުންތައް މިހާރު ވަނީ ގާތްގަނޑަކަށް އާންމު ހާލަތަށް ގެނެވިފަ އެވެ. ނަމަވެސް، ރާއްޖެއަށް ޓޫރިސްޓުން އަންނަ މިންވަރު، މިދިޔަ އަހަރާ އަޅާބަލާއިރު އަދިވެސް ހުރީ ދަށުގަ އެވެ.
ދަތުރުތައް އަލުން ފެށި ނަމަވެސް ދަތުރުފަތުރުގެ އަގު ތެލުގެ އަގާ އެކު ވަރަށް ބޮޑަށް ވަނީ އުފުލިފަ އެވެ.
މިދިޔަ އަހަރުގެ މެއި މަހުގެ 1 އިން 16 އަށް، 77,798 ޓޫރިސްޓުން ރާއްޖެއަށް އައިސްފައިވާއިރު، މި އަހަރުގެ އެ މުއްދަތުގައި އެ އަދަދު ވަނީ 70,114 އަށް ވެއްޓިފަ އެވެ.
ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، ދުވާލަކު ރާއްޖެއަށް އަންނަ ޓޫރިސްޓުންގެ އަދަދު ވެސް ވަނީ މިދިޔަ އަހަރު ހުރި 6,680 އިން، މި އަހަރުގެ މިހާތަނަށް 6,261 އަށް ދަށްވެފަ އެވެ.
މިދިޔަ އަހަރެކޭ އެއްގޮތަށް، މި އަހަރު ވެސް ރާއްޖެއަށް އެންމެ ގިނައިން ޓޫރިސްޓުން މިހާތަނަށް އައިސްފައިވަނީ ޗައިނާ އިންނެވެ. މެއި 16 އާ ހަމައަށް ޗައިނާއިން ވަނީ 133,724 ޓޫރިސްޓުން ރާއްޖޭގައި ޗުއްޓީ ހޭދަކޮށްފަ އެވެ.
ދެވަނައިގައި، 114,719 ޓޫރިސްޓުންނާ އެކު ރަޝިޔާ އޮތް އިރު، އިނގިރޭސިވިލާތް ތިންވަނައިގައި އޮތީ 75,487 ޓޫރިސްޓުންނާ އެކު އެވެ.
އަހަރުގެ މިހާތަނަށް ޓޫރިސްޓުން އައި އަދަދު ހަ ޕަސެންޓު ދަށް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ