މޯލްޑިވްސް ފައިނޭންޝަލް އެކްސްޕޯ ހުޅުވައިފި

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިންތިޒާމްކުރާ މޯލްޑިވްސް ފައިނޭންޝަލް އެކްސްޕޯ 2026 ހުޅުވައިފިއެވެ.
މި އެކްސްޕޯ ރަސްމީކޮށް ހުޅުވައިދެއްވީ ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުއެވެ. މި އެކްސްޕޯ ހުޅުއްވައިދެއްވުމަށްފަހު ރައީސުލްޖުމްހޫރިއްޔާ ވަނީ އެކްސްޕޯގައި ހިމެނޭ ސްޓޯލްތަކަށް ޒިޔާރަތްކުރައްވައި، އެތަންތަނުން ފޯރުކޮށްދޭ ޚިދުމަތްތަކާއި މައުލޫމާތުތައް އޮޅުންފިލުއްވާފައެވެ.
މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި ފިނޭންސް މިނިސްޓަރު ޙަސަން ޒަރީރާއި، ސަރުކާރުގެ ބައެއް ވަޒީރުންގެ އިތުރުން އެމްއެމްއޭގެ ގަވަރުނަރު އަޙްމަދު މުނައްވައްރު ބައިވެރިވެވަޑައިގެންނެވިއެވެ. ހުޅުމާލެ ސެންޓްރަލް ޕާކުގައި ކުރިއަށްދާ މި އެކްސްޕޯ މިއަދުން ފެށިގެން މި މަހުގެ 4 ވަނަ ދުވަހުގެ ނިޔަލަށް، ކޮންމެ ދުވަހަކު ހަވީރު 3:00 އިން ރޭގަނޑު 10:00 އަށް އާންމުންނަށް ހިލޭ ވަދެވޭނެ ގޮތަށް ވަނީ ހުޅުވާލާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ