އީދު ފާހަގަކުރަން މިރޭ ވިލިމާލެއާ ދިމާލުން ހަވާ އަރުވަނީ

ބޮޑު ޢީދު ކުލަގަދަކޮށް ފާހަގަކުރުމުގެ ގޮތުން، މިރޭ ވިލިމާލެއާ ދިމާ ބޭރުން ހަވާ އެރުވުމަށް ހަމަޖެހިފައިވާކަމަށް އެމްއެންޑީއެފުން މިއަދު ނިންމައިފިއެވެ. މިކަމާ ގުޅޭގޮތުން އެމްއެންޑީއެފުން މަޢުލޫމާތު ދިން ގޮތުގައި، ހަވާ އެރުވުން އޮންނާނީ މިރޭ 21:45 އާއި 22:15 އާ ދެމެދުގެ ވަގުތެއްގައެވެ. ހަވާ އެރުވުން ގާތްގަނޑަކަށް ފަސް މިނެޓުގެ ވަގުތަކަށް ދެމިގެންދާނެ ކަމަށް ސިފައިން ބުނެއެވެ. ހަވާ އަރުވަނީ ކޮން ބައެއް އިންތިޒާމުކޮށްގެން ކަން އެމްއެންޑީއެފުން ހާމައެއްނުކުރެއެވެ. މީގެ ކުރިންވެސް ބޮޑެތި މުނާސަބަތުތަކާ ގުޅުވައިގެން މާލެ ސަރަހައްދުގައި ހަވާ އެރުވުމުގެ ޙަރަކާތްތައް ސިފައިންގެ ކޯޕަރޭޓިވް (ސިފްކޯ) އިން ވަނީ ބާއްވާފައެވެ. ހަވާ އެރުވުމުގެ ހަރަކާތްތަކަކީ ގިނަ ބަޔަކު ބަލަން ޝައުގުވެރިވާ ހަރަކާތްތަކެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ