މިހާރު ފާހަގަކުރަމުންދާ އަޟުހާ އީދުގެ މުނާސަބަތުގައި، ވިލިމާލެއާ ދިމާ ބޭރުން މިރޭ ކުލަގަދަ ހަވާއެރުވުމުގެ ހަރަކާތެއް ބޭއްވުމަށް މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން ނިންމައިފިއެވެ.
އެމްއެންޑީއެފުން މަޢުލޫމާތު ދެއްވި ގޮތުގައި، މި ހަވާއެރުވުމުގެ ހަރަކާތް ކުރިއަށްދާނީ މިރޭ 21:15 އާއި 21:45 އާ ދެމެދުގެ ވަގުތެއްގައެވެ. މި ހަރަކާތް ގާތްގަނޑަކަށް ފަސް މިނެޓުގެ ވަގުތަކަށް ދެމިގެންދާނެ ކަމަށްވެސް އެމްއެންޑީއެފުން ވިދާޅުވިއެވެ. މިއީ އީދުގެ އުފާވެރިކަން ރައްޔިތުންނަށް އިތުރަށް ފޯރުކޮށްދިނުމުގެ ގޮތުން ކުރިއަށްގެންދާ ހަރަކާތެކެވެ.
މިއަހަރުގެ އަޟުހާ އީދު ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ދަނީ ވަރަށް ކުލަގަދަކޮށް ފާހަގަކުރަމުންނެވެ. މާލެ ސިޓީ ކައުންސިލުން އިސްނަގައިގެން މީގެ ކުރިން ވަނީ އާޓިފިޝަލް ބީޗުގައިވެސް ހަވާއެރުވުމުގެ ހަރަކާތެއް ކުރިއަށް ގެންގޮސްފައެވެ.
މިރޭ ވިލިމާލެ ސަރަހައްދުގައި ބާއްވާ ހަވާއެރުވުމަކީ، ވިލިމާލޭގައި ދިރިއުޅޭ ރައްޔިތުންނާއި، އީދު ޗުއްޓީއަށް އެ ސަރަހައްދަށް ޒިޔާރަތްކުރާ ފަރާތްތަކަށް ލިބިގެންދާނެ ވަރަށް ހާއްސަ ހަދިޔާއެއް ކަމަށް ބެލެވެއެވެ.
ވިލިމާލެ ބޭރުން މިރޭ ހަވާއަރުވަނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ