ބައްޕައާ އެކު 'ކޮކީ'އަށް ގޮސްގެން ޑިސްކައުންޓް

މިއަދު ފާހަގަކުރާ ބައްޕައިންގެ ދުވަހުގެ މުނާސަބަތާ ގުޅުވައި 'ކޮކީ' ފިހާރަތަކުން ހާއްސަ ޕްރޮމޯޝަނެއް ފަށައިފި އެވެ. 
ކުޑަކުދިންނަށް ހާއްސަ ފިހާރައިން މި ޕްރޮމޯޝަނުގައި، ބައްޕައާ އެކު 'ކޮކީ'ގެ އައުޓްލެޓްތަކަށް ވިޔަފާރިކުރަން ދާ ކުދިންނަށް 15 ޕަސެންޓުގެ ޑިސްކައުންޓު ލިބޭނެ އެވެ.
'ކޮކީ' އިން ބުނީ މިއީ ބައްޕައިންނަށް ކުދިންނާ އެކު ބައްޕައިންގެ ދުވަސް ފާހަގަކުރުމަށާއި ބައްޕަ އާއި ކުދިންނާ އެކު ވަގުތު ހޭދަކުރުމަށް ކުޅޭނެ މަޖާ ގޭމެއް ހެޔޮ އަގުގައި ގަތުމުގެ ފުރުސަތު ދިނުމުގެ ގޮތުން ކުރިއަށްދާ ޕްރޮމޯޝަނެއް ކަމަށެވެ. 
އެގޮތުން 'ކޮކީ'ގައި އާއިލާތަކަށް އެކުގައި ކުޅެވޭނެ ފެމެލީ ބޯޑް ގޭމުތަކާއި ޖެލް ޕެލެޓް ގަން އަދި ބެކްޔާޑް ބެޓަލްގެ އިތުރުން ފުޓުބޯޅަ ފަދަ ތަފާތު އެކި އެއްޗިހި އެތަނުގައި ހުރެ އެވެ. 'ކޮކީ' އިން ބުނީ އެ ފިހާރައިގައި ކޮންމެ ބައްޕައަކަށް ވެސް ދަރިފުޅާ އެކު މަޖާ ވަގުތުކޮޅެއް ހޭދަކޮށްލުމަށް ކުޅޭވޭނެ ކޮންމެވެސް ގޭމެއް ނުވަތަ ކުޅޭ އެއްޗެއް ލިބެން ހުންނާނެ ކަމަށެވެ. 
'ކޮކީ'ގެ މި ޕްރޮމޯޝަން މާދަމާގެ ނިޔަލަށް ކުރިއަށް ދާނެ އެވެ. 'ކޮކީ'ގެ ފިހާރަތައް މާލެ އަދި ހުޅުމާލޭގައި ވެސް ހުރެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ