އެމްޕީއެލްގެ ޑެޕިއުޓީ ސީއީއޯގެ މަގާމުން ޒިޔަތު އިސްތިއުފާ ދެއްވައިފި

އެހެންނަމަވެސް ޒިޔަތު އިސްތިއުފާ ދެއްވި ސަބަބެއް މިހާތަނަށް އެއްވެސް ފަރާތަކުން ހާމަކޮށްފައެއް ނުވެއެވެ.
ޒިޔަތު ބޯޑުން ވަކިކުރެއްވުމަށްފަހު، އެމްޕީއެލްގެ ބޯޑުގެ އެގްޒެކްޓިވް މެންބަރުކަން ދީފައިވަނީ އެމްއޭސީއެލްގެ ޑެޕިއުޓީ ސީއީއޯގެ މަގާމުން އިސްތިއުފާ ދެއްވި މުހައްމަދު ލަމްއާނަށެވެ.
އިބްރާހިމް ޒިޔަތަކީ މީގެ ކުރިން ވެސް ސަރުކާރުގެ ކުންފުނިތަކުގެ އިސް މަގާމުތައް ފުރުއްވާފައިވާ ބޭފުޅެކެވެ. އެގޮތުން ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި އޭނާ ވަނީ އެމްޓީސީސީގެ ސީއީއޯގެ މަގާމު އަދާކުރައްވައިފައެވެ. އެސްޓީއޯގައި 15 އަހަރު ދުވަހު މަސައްކަތް ކުރައްވާފައިވާ ޒިޔަތަކީ ބިޒްނަސް އެޑްމިނިސްޓްރޭޝަންގެ ދާއިރާއިން މާސްޓާސް ހައްދަވާފައިވާ ބޭފުޅެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ