އެމްޕީއެލް ބޯޑުން ވަކި ކުރުމުން ޑެޕިއުޓީ ސީއީއޯގެ މަގާމުން ވެސް ޒިޔަތު އިސްތިއުފާ ދެއްވައިފި

މޯލްޑިވްސް ޕޯޓްސް ލިމިޓެޑުގެ ޑެޕިއުޓީ ސީއީއޯގެ މަގާމުގައި ހުންނެވި އިބްރާހިމް ޒިޔަތު އެ މަގާމުން އިސްތިއުފާ ދެއްވައިފި އެވެ. 
އެނގިފައިވާ ގޮތުގައި އޭނާ އިސްތިއުފާ ދެއްވީ މީގެ މަހެއްހާ ދުވަސް ކުރިންނެވެ. މަގާމުން އިސްތިއުފާ ދެއްވީ، އެމްޕީއެލްގެ ބޯޑުން މެއި 1، އޭނާ ވަކި ކުރިތާ ކުޑަ ދުވަސްކޮޅެއް ފަހުންނެވެ. 
އެމްޕީއެލްގެ ބޯޑުން ޒިޔަތު ވަކި ކުރީ އެތަނުގެ ބޯޑަށް މުހައްމަދު ލައްމާން އައްޔަން ކުރުމަށެވެ. ލަމްއާން އެމްޕީއެލްގެ ބޯޑަށް އައްޔަން ކުރީ އޭނާ އެއާޕޯޓްސް ކޮމްޕެނީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރުގެ މަގާމުން އިސްތިއުފާ ދެއްވުމުންނެވެ. 
އެމްއޭސީއެލްގެ ޑީއެމްޑީގެ މަގާމުން ލައްމާން އިސްތިއުފާ ދެއްވީ އޭނާގެ މައްޗަށް ކޮރަޕްޝަންގެ ގިނަ ތުހުމަތުތަކެއް އަމާޒުވެފައި ވަނިކޮށެވެ. ނަމަވެސް އެ ތުހުމަތުތައް އޭނާ ވަނީ މިއަދު ދޮގުކުރައްވާފަ އެވެ.
ފެނަކަ ކޯޕަރެޝަންގެ އެމްޑީގެ މަގާމު ކުރިން ފުރުއްވާފައިވާ ލައްމާން ވަނީ މިފްކޯގެ ޗީފް ހިއުމަން ރިސޯސް އޮފިސަރުގެ މަގާމާއި، ޗީފް ޕްރޮކިއުމަންޓް އޮފިސަރުގެ މަގާމު ފުރުއްވާފަ އެވެ. އޭނާ ވަނީ ޔުނިވާސިޓީ އޮފް ކޮލަމްބޯއިން މާސްޓާ އޮފް ބިޒްނަސް އެޑްމިނިސްޓްރޭޝަން ހާސިލުކުރައްވާފައިވާފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ