ބަރަކާތްތެރި ހައްޖުގެ އަޅުކަން އަދާކުރަން މި އަހަރު ދިޔަ ދިވެހި ހައްޖުވެރިން އެނބުރި ރާއްޖެ އަންނަން ފަށައިފި އެވެ.
ހައްޖު ކޯޕަރޭޝަން މެދުވެރިކޮށް ހައްޖުގެ މަތިވެރި އަޅުކަން އަދާކުރަން ދިޔަ ދިވެހިންގެ ފުރަތަމަ ގްރޫޕް ރާއްޖެއަށް އައީ ރޭގެ ވަގުތެއްގަ އެވެ. އެއީ ޖުމްލަ 241 ހައްޖުވެރިންނެވެ.
ހައްޖުވެރިން އެނބުރި ރާއްޖެ އައުމަށްފަހު، ހުން އައިސް ނުވަތަ ރޯގާގެ އެއްވެސް އަލާމާތެއް ހުރިނަމަ، އަދި ސިއްހީ އެހީތެރިކަން ބޭނުންވާނަމަ ހޮސްޕިޓަލުގެ ކުއްލިފަރުވާދޭ ބައި (އީއާރް) އަށް ގޮސް ޓޯކަން ނަންބަރަށް މަޑުނުކޮށް، ޓްރަޔަޖް ކައުންޓަރުގައި ހުންނަ މުވައްޒަފަށް ރިޕޯޓޫކުރުމަށް އައިޖީއެމްއެޗް އިން އިލްތިމާސްކުރެ އެވެ.
ދިވެހި ހައްޖުވެރިންގެ ދެވަނަ ގްރޫޕް ރާއްޖެއަށް ޖޫން 7، ގައި އައުމަށް ހަމަޖެހިފައިވާއިރު، ޖޫން 8، ގައި ތިންވަނަ ގްރޫޕް އައުމަށް ވަނީ ހަމަޖެހިފަ އެވެ. އަދި ހަތަރުވަނަ ގްރޫޕް ރާއްޖެއަށް އައުމަށް ހަމަޖެހިފައިވަނީ ޖޫން 9، ގަ އެވެ.
ރާއްޖެއިން މި އަހަރު 1000 މީހުން ހައްޖުގެ މަތިވެރި އަޅުކަން އަދާކުރުމަށް ގޮސްފައިވެ އެވެ.
ދުނިޔޭގެ އެކި ކަންކޮޅުތަކުން ހައްޖުގެ އަޅުކަމަށް ސައުދީ އަރަބިއްޔާއަށް ދިޔަ މީހުންގެ އަދަދު ވަނީ މިދިޔަ އަހަރަށް ވުރެ އިތުރުވެފަ އެވެ. ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި ސައުދީ އަރަބިއްޔާ ފިޔަވައި އެހެން ގައުމުތަކުން 1.5 މިލިއަނަށް ވުރެ ގިނަ މީހުން ހައްޖަށް ދިޔަ އެވެ. މިއީ ފާއިތުވި އަހަރާ އަޅާބަލާއިރު ގާތްގަނޑަކަށް 11،000 މީހުންގެ އިތުރުވުމެކެވެ.
ހައްޖަށް ދިޔަ މީހުން އެނބުރި ރާއްޖެ އަންނަން ފަށައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ