ފައިނޭންސް އިންޓެލިޖެންސްގެ ވެރިޔާގެ މައްޗަށް ކުރަނީ ޖިންސީ ފުރައްސާރައިގެ މައްސަލަ ފުލުހަށް

މިހާރު ސަަސްޕެންޑްކޮށްފައި ހުންނެވި، މަރުކަޒީ ބޭންކް، އެމްއެމްއޭގެ ފައިނޭންޝަލް އިންޓެލިޖެންސް (އެފްއައިޔޫ)ގެ ވެރިޔާ އިސްމާއިލް ސާޖިދުގެ މައްޗަށް ކުރާ ޖިންސީ ފުރައްސާރައިގެ ތުހުމަތުގެ މައްސަލަ ފުލުހުން ބަލަން ފަށައިފި އެވެ.
ވީ ކިހިނެއް؟ - އެފްއައިޔޫގެ ވެރިއެއްގެ ގޮތުގައި މަގާމާ ހަވާލުވެވަޑައިގެންނެވިތާ އެންމެ ތިން މަސް ފަހުން، މަގާމު މަސްއޫލިއްޔަތުތަކުން ސާޖިދު އެކަހެރި ކުރެއްވީ، މިދިޔަ މަހުގެ ތެރޭގަ އެވެ. ސަސްޕެންޑް ކުރީ ކީއްވެގެން ކަމެއް އޭރު ހާމައެއް ނުކުރެ އެވެ. އެކަމަކު ބައެއް މީޑިއާތަކަށް އޭނާ ވިދާޅުވީ، 'ސަސްޕެންޑް ކުރީ ހަމަ ކުއްލިއަކަށް' ކަމަށެވެ.
އެނގިފައިވާ ގޮތުގައި، އެމްއެމްއޭއިން އޭރު ދިޔައީ، އޮފީހުގެ އަންހެން މުވައްޒަފަކަށް ސާޖިދު ޖިންސީ ފުރައްސާރަ ކުރެއްވި މައްސަލައެއް ހުށަހެޅުމާ އެކު އެ މައްސަލަ ބަލަމުންނެވެ.
މި މައްސަލަ މިހާރު ވަނީ ފުލުހުންނަށް ހުށަހަޅާފަ އެވެ. އަދި ފުލުހުން މައްސަލަ ބަލަމުންދާކަން ވެސް އެނގިފައި ވެ އެވެ.
ފާހަގަކޮށްލެވޭ ކަމެއް - މީގެ ކުރިން ޓެކްސް އެޕީލް ޓްރައިބިއުނަލުގެ މެންބަރުކަން ވެސް ކުރެއްވި ސާޖިދު، އެފްއައިޔޫގެ ވެރިޔަކަށް ހަމަޖެއްސީ ކުރިން އެ މަގާމުގައި ހުންނެވި އަބްދުﷲ އަޝްރަފު ވަކިކުރުމާ ގުޅިގެންނެވެ. އެގޮތުން:
އަޝްރަފް ކުއްލި ގޮތަކަށް މަގާމުން ވަކިކޮށްފައި ވަނީ، އެ ޔުނިޓުން ރައްޔިތުންގެ މަޖިލީހުގެ ބާރަށު ދާއިރާގެ މެމްބަރު އިބްރާހިމް ޝުޖާއު ހިއްސާ އޮންނަ ކުންފުނިތަކަކަށް ނާޖާއިޒު ފައިދާ ލިބޭ ގޮތަށް މިދިޔަ ދެ އަހަރުގެ ތެރޭގައި ހިންގާފައިވާ ބައެއް މުއާމަލާތްތަކާ ގުޅޭ ގޮތުން ތައްޔާރުކުރި ކަމަށް ބުނާ ރިޕޯޓެއް ސޯޝަލް މީޑިއާގައި ލީކްވުމާ އެކު އޭގެ އެއް ދުވަސް ފަހުންެ
ޝުޖާއު ވަނީ އޭނާއަށް އަމާޒުވި ތުހުމަތުތައް އޭރު ދޮގުކޮށްފައި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ