ކުރިއަށް އޮތް ކައުންސިލް އިންތިހާބުގައި ވޯޓުލެވޭ މީހުންގެ ލިސްޓު އާންމުކޮށް، ޝަކުވާއަށް ރޭ ހުޅުވާލައިފި އެވެ. އިލެކްޝަންސް ކޮމިޝަން (އީސީ)ން އާންމުކުރި ލިސްޓުގައިވާ ގޮތުން 295،000އެއްހާ މީހުންނަށް މިފަހަރުގެ އިންތިހާބުގައި ވޯޓުލެވެ.
ވީ ކިހިހިނެއް؟ - އެ ކޮމިޝަނުން ރޭ ގެޒެޓްކުރި އިއުލާންގައިވާ ގޮތުން ޝަކުވާއަށް ހުޅުވާލީ، މި މަހުގެ 18ވާ އާދިއްތަ ދުވަހުގެ މެންދުރުފަހު 3ގެ ނިޔަލަށެވެ. ކޮމިޝަންގެ ވެބްސައިޓުގައި ވޯޓުލެވޭ މީހުންގެ ލިސްޓު އާންމުކޮށްފައިވެ އެވެ.
ތަފްސީލު - އީސީގެ އިއުލާންގައިވާ ގޮތުން:
މިފަހަރުގެ އިންތިހާބުގައި ވޯޓުލެވޭނީ 294،937 މީހުންނަށް
އޭގެ ތެރޭގައި ހިމެނެނީ، 144،527 އަންހެނުން (%49) އަދި 150,410 ފިރިހެނުން (%51)
މި ދެ ޖިންސުގެ ފަރަގު އުޅެނީ 5،800ގައި
އީސީން ބުނި ގޮތުގައި، ގެޒެޓާއި ކޮމިޝަންގެ ވެބްސައިޓުގެ އިތުުރުން، އެސްއެމްއެސްކޮށްގެން ވެސް ރަޖިސްޓީ ޗެކްކޮށްލެވޭނެ އެވެ.
އެސްއެމްއެސް ކުރަން ޖެހެނީ VR space IDNO Send to 1414 އަށެވެ. އަދި ޝަކުވާ ހުށަހަޅަން އެޖެހެނީ ކޮމިޝަންގެ ޕޯޓަލް އަށެވެ.
"ރަޖިސްޓަރީން މީހަކު އުނިކުރުމަށް ނުވަތަ ރަޖިސްޓަރީގައި ހިމެނިފައިވާ މައުލޫމާތަކަށް ބަދަލުގެނައުމަށް ހުށަހަޅާއިރު، ޝަކުވާގެ ސައްހަކަން ސާބިތުވާނެ ރަސްމީ ލިޔުމެއްގެ ކޮޕީ ހުށަހަޅަންވާނެ އެވެ،" އީސީގެ އިއުލާނުގައި ބުންޏެވެ.
"އަދި ސިޔާސީ ޕާޓީތަކުން ރަޖިސްޓަރީއަށް ޝަކުވާ ހުށަހަޅަން ބޭނުންވާނަމަ ޝަކުވާ ހުށަހަޅާނީ، ސިޔާސީ ޕާޓީއަށް ދެވިފައިވާ ސިމެދަ ޕޯޓަލް މެދުވެރިކޮށެވެ."
މި އިންތިހާބަށް ކުރިމަތިލުމަށް ހަމަޖެހިފައިވަނީ މި މަހު 17ގަ އެވެ.
ފާހަގަކޮށްލެވޭ ކަމެއް - މިފަހަރުގެ އިންތިހާބުގައި 295،000އެއްހާ މީހުންނަށް ވޯޓު ލެވޭ އިރު، މީގެ ދެ އަހަރު ކުރިން ބޭައްވި ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ވޯޓު ދިނުމުގެ ހައްގު ލިބުނީ 282،804 އެވެ. އެހެންވެ، މިފަހަރުގެ ލިސްޓަށް އިތުރުވީ 12،0000އެއްހާ މީހުންނެވެ.
ކައުންސިލް އިންތިހާބުގައި ވޯޓު ލެވޭނީ 295،000އެއްހާ މީހުންނަށް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ