ކިނޮޅަސް ކައިރިން ފެނުނު މީހާ އޮތީ ކުނިވެފައި، ޖިންސު ވެސް އަދި ވަކިނުވޭ: ފުލުހުން

ހަށިގަނޑު ވަރަށް ބޮޑަށް ކުނިވެ ހަލާކުވެފައި އޮތުމުން، ރ. ކިނޮޅަހާ ދިމާ ބޭރު ކަނޑުމަތިން މަރުވެފައި އޮއްވާ ފެނުނީ އަންހެނެއްކަން ނުވަތަ ފިރިހެނެއްކަން ވެސް ކަށަވަރުނުވާ ކަމަށް ފުލުހުން މިއަދު ބުނެފިއެވެ. ކިނޮޅަހާ ދިމާލުން މީހެއްގެ ހަށިގަނޑު އޮޔާދާކަމުގެ މައުލޫމާތު ލިބުމާ ގުޅިގެން ފުލުހުން ހަރަކާތްތެރިވާން ފެށީ އިއްޔެ ހަވީރު 4:24 ހާއިރެވެ. އެ ކަމާ ގުޅިގެން ބަލަންޖެހޭ ކަންކަން ބަލަމުންދާ ކަމަށް ބުނި ނަމަވެސް އިތުރު ތަފުސީލެއް ފުލުހުން އިއްޔެ ނުދެއެވެ. މީޑިއާތަކަށް މިއަދު ފޮނުވި މެސެޖެއްގައި ފުލުހުން ބުނީ، ހަށިގަނޑު ވަރަށް ބޮޑަށް ކުނިވެ ހަލާކުވެފައި އޮތުމުގެ ސަބަބުން ޖިންސް މިހާތަނަށް ދެނެގަނެވިފައިނުވާ ކަމަށެވެ. https://sun.mv/216270 މިހާރު ކުރަމުން އަންނަނީ ތަހުގީގަށް ބޭނުންވާ ފޮރެންސިކް ސާމްޕަލް ނެގުމާއި، ތަހުގީގުގެ ތެރެއިން ފުރިހަމަކުރަންޖެހޭ އިޖުރާއަތްތައް ފުރިހަމަ ކުރުމުގެ މަސައްކަތް ކަމަށް ވެސް ފުލުހުން ބުންޏެވެ. އެހެންވެ، މަރުވެ ކުނިވެފައި އޮއްވާ ފެނުނު މީހާއާ ގުޅޭ އިތުރު މައުލޫމާތެއް ނޭނގެއެވެ. މޫސުން ގޯސްވާ ދުވަސްވަރު މޫދާ ފައިބާ ބައެއް މީހުން ނުވަތަ، ކަނޑު އުޅަނދަކުން ވެއްޓޭ މީހުން ނުފެނި ބައެއް ފަހަރު ގިނަ ދުވަސްތަކެއްވުމަށް ފަހު، ކަނޑުމަތިން ފެނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ