ބީއެމްއެލްއިން މިދިޔަ އަހަރު 565 މިލިއަނަށް ވުރެ ގިނަ ޑޮލަރު ވިއްކި؛ %70 އިތުރު

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)އިން މިދިޔަ އަހަރު އޭގެ ކުރީ އަހަރާއި އަޅާބަލާއިރު %70 އިތުރަށް ޑޮލަރު ވިއްކާފައިވާ ކަމަށް ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓާ މުހައްމަދު ޝަރީފު ވިދާޅުވެއްޖެ އެވެ.
ތަފްސީލް - ޕީއެސްއެމްގެ 'ރާއްޖެ މިއަދު' ޕްރޮގްރާމްގައި ވާހަކަދައްކަމުން ޝަރީފު ވިދާޅުވީ މިދިޔަ އަހަރު އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކަށް 565 މިލިއަން ޑޮލަރަށް ވުރެ ބޮޑު އަދަދެއް ވިއްކާފައިވާ ކަމަށެވެ. އެގޮތުން މިދިޔަ އަހަރުގެ ތަފާސްހިސާބުތަކުން ދައްކަނީ:
މިދިޔަ އަހަރު ބީއެމްއެލް ކާޑުތަކުން އޭޓީއެމް، ޕީއޯއެސް އަދި އީކޮމާސް ހިމެނޭހެން ރާއްޖެއިން ބޭރުންކޮށްފައިވާ މުއާމަލާތްތަކުގެ ޖުމްލަ އަދަދު 524 މިލިއަން ޑޮލަރަށް އަރާ
މިއީ އޭގެ ކުރީއަހަރާ އަޅާބަލާއިރު 200 މިލިއަން ޑޮލަރަށް ވުރެ އިތުރު އަދަދެއް
ކުރިން ވިޔަފާރިތަކަށް ބޭނުންވާ ޓީޓީއަށް ދޫކުރަނީ ޖުމްލަ އަދަދުގެ %5 ނަމަވެސް، މިދިޔަ އަހަރު ބޭންކުންވަނީ ވިޔަފާރިތަކުން ހަދާ ޓީޓީއަށް ޑޮލަރު ދޭ މިންވަރު %50 އާ ހަމަޔަށް އިތުރުކޮށްދީފަ އެވެ.
މި ހެޔޮ ބަދަލުތަކާއެކު ބޭންކަށް ވެސް ވިޔަފާރިތަކަށް ވެސް އަދި އާންމު ފަރުދުންނަށް ވެސް އޭގެ މަންފާ ކުރަމުންދާކަމަށް ޝަރީފް ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ