މިއަހަރު ރާއްޖެއިން ޙައްޖަށް ދާ މީހުންނަށް ދޭ މައްކާ ރޫޓުގެ ޚިދުމަތުގެ ދަށުން، ޙާޖީންގެ ބަޔޯ-މެޓްރިކްސް ނެގުމުގެ މަސައްކަތް ރަސްމީކޮށް ފަށައިފިއެވެ.
"މިދިޔަ ޙައްޖާ ހަމައަށް 'މައްކާ ރޫޓު'ގެ އަޑު އެކަނި އިވެނީ. ޚިދުމަތް ލިބުނީމަ މި އިނގުނީ މިއީ ކިހާ ބޮޑު ލުއިފަސޭހައެއްކަން،" ޝަކީލް ވިދާޅުވިއެވެ.
މައްކާ ރޫޓުގެ ޚިދުމަތާއެކު، ޙައްޖުވެރިން ރާއްޖެއިން ފުރާނީ ވިސާ އާއި އިމިގްރޭޝަންގެ ހުރިހާ ކަންކަމެއް ފުރިހަމަ ކޮށްގެންނެވެ. މީގެ ސަބަބުން ސަޢުދީ އެއާޕޯޓަށް ފްލައިޓް ޖެއްސުމަށްފަހު، އިމިގްރޭޝަން ކިއޫގައި މަޑުކުރުމުގެ ބަދަލުގައި އެންމެ ތިން މިނެޓެއްހާއިރު ތެރޭގައި އެއާޕޯޓުން ނިކުމެވޭނެ އިންތިޒާމް ހަމަޖެހިގެންދާނެއެވެ.
މައްކާ ރޫޓުގެ ޚިދުމަތް: ޙާޖީންގެ ބަޔޯ މެޓްރިކްސް ނަގަން ފަށައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ