ޔޫތު މިނިސްޓްރީން ދެމުންދާ މޯލްޑިވްސް ސްޕޯޓްސް އެވޯޑްގެ 2024 ވަނަ އަހަރުގެ އެންމެ މޮޅު ޒުވާން ފިރިހެން ކުޅުންތެރިޔާގެ ބްރޯންޒް އެވޯޑު އެވޯޑު، ރައީސް މުހައްމަދު މުއިއްޒުގެ ދަރިކަލުން އުމައިރު މުހައްމަދު މުއިއްޒަށް މިރޭ ލިބިއްޖެ އެވެ.
ވީކިިހިނެއް؟ - އުމައިރު މި ކެޓަގަރީއަށް ނޮމިނޭޓްވެފައިވަނީ ޓޭބަލް ޓެނިސް އެސޯސިއޭޝަންގެ ފަރާތުން ޓޭބަލް ޓެނިސް ކުޅުންތެރިއެއްގެ ގޮތުގަ އެވެ.
ތަފްސީލް - ރައީސް މުހައްމަދު މުއިއްޒު އާއި އަނބިކަނބަލުން ސާޖިދާ މުހައްމަދު ވެސް ބައިވެރިވެވަޑައިގެން ކުރިއަށްދާ ސްޕޯޓްސް އެވޯޑުގައި އުމައިރު ކާމިޔާބުކުރީ ބްރޯންޒް އެވޯޑެވެ. އެއީ އެ ކެޓަގަރީގެ ތިންވަނަ އެވެ.
މިއީ ސްޕޯޓްސް އެވޯޑްސްގެ އެވޯޑެއް ރައީސެއްގެ ދަރިކަލަކު ހޯދި ފުރަތަމަ ފަހަރެވެ.
މި ކެޓަގަރީގެ ސިލްވާ އެވޯޑު ކާމިޔާބުކުރީ ޒީކް ހަސަން ލަތީފެވެ. އޭނާއަކީ ޓޭބަލް ޓެނިސް ކުޅުންތެރިއެކެވެ.
އަދި ގޯލްޑް އެވޯޑް ކާމިޔާބުކުރީ މުހައްމަދު ރިހާން ޝަހީމް އެވެ. އެއީ ފެތުންތެރިއެކެވެ.
އެންމެ ޒުވާން މޮޅު ކުޅުންތެރިޔާގެ ބްރޯންޒް އެވޯޑު ރައީސްގެ ދަރިކަލުން އުމައިރަށް ލިބިއްޖެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ