މަޝްހޫރު ދީނީ އިލްމުވެރިޔާ ޝެއިޚް މުޙައްމަދު އިބްރާހީމް (ނައިފަރީ) އަށް އެޑްމިޓްކޮށްގެން ފަރުވާ ދޭން ފަށައިފި އެވެ.
ޝެއިހަށް މިވަގުތު ދަނީ ޓްރީޓޮޕް ހޮސްޕިޓަލުގައި އެޑްމިޓް ކޮށްގެން ފަރުވާ ދެމުންނެވެ. ޝެއިހްގެ ފަރުވާގެ ކަންކަމާއި ހަވާލުވެފައިވާ އެހީ ޖަމިއްޔާއިން މިރޭ ބުނީ ދަރުސް ދެއްވުމަށް ޝެއިޙް މާލެ ވަޑައިގަތުމަށް ފަހު ހުން ގަދަވެ ހާލުދެރަވުމުގެ ސަބަބުން އިތުރަށް ބެލުމަށާއި ފަރުވާ ހޯދުމަށް މިއަދު ވަނީ އެޑްމިޓް ކޮށްފައި ކަމަށެވެ.
އަދި ބައެއް ސީރިއަސް ކަންކަން ހިމެނޭތީވެ ޓެސްޓްތަކެއް ކުރިޔަށް ގެންދާނެ ކަމަށް ޑޮކްޓަރު ވަނީ އަންގާފައި ކަމަށެވެ. ޝެއިޚަށް އެންމެ ބޭފުޅުންގެ ހެޔޮ ދުއާ ކޮށްދޭން ވެސް އެދިފައިވެ އެވެ.
ޝެއިޚް މާލެ ވަޑައިގަތީ “ކަލަކުވޭ ބިރުވެތިވޭ” ސީރީޒްގެ ތިންވަނަ ދަރުސް ދެއްވުމަށެވެ. މި ދަރުސް މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ޝެއިޚް ވަނީ ދެއްވާފަ އެވެ.
ޝެއިޚް ނައިފަރީއަށް ހުމުގެ އާލާސްކަންފުޅެއް ޖެހި ހާލު ދެރަވެގެން ފަރުވާ ދެނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ