ކުޅިވަރު ތަރައްގީ ކުރުމަށް ބީއެމްއެލްއިން ކުރަމުންދާ މަސައްކަތް ފާހަގަކޮށް، އެވޯޑެއް ދީފި
ރާއްޖޭގައި ކުޅިވަރުގެ ހުނަރު ކުރިއަރުވައި، ކުޅިވަރު ތަރައްގީ ކުރުމަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)އިން ކުރަމުންދާ މަސައްކަތުގެ އަގުވަޒަންކޮށް އެ ބެންކަށް ޚާއްސަ އެވޯޑެއް ދީފިއެވެ. ބޭންކަށް އެ އެވޯޑު ދީފައި ވަނީ މިނިސްޓްރީ އޮފް ސްޕޯޓްސް، ފިޓްނަސް އެންޑް ރެކްރިއޭޝަންއިން އިންތިޒާމުކޮށްގެން ރޭ ބޭއްވި މޯލްޑިވްސް ސްޕޯޓްސް އެވޯޑްސްގައެވެ. ބޭންކުގެ ފަރާތުން އެ އެވޯޑާ ހަވާލުވެލެއްވީ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު މުޙައްމަދު ޝަރީފެވެ. ރާއްޖޭގެ ކުޅިވަރު ކުރިއެރުވުމަށް ބޭންކުން ކޮންމެ އަހަރަކުވެސް، ރާއްޖޭގެ އެކި ގައުމީ ކުޅިވަރު ޖަމިއްޔާތަކާ ގުޅިގެން ކުޅިވަރު ތަރައްގީކޮށް، ގައުމީ ފެންވަރުގެ މުބާރާތް ބޭއްވުމަށް އެހީތެރިވެ، ކުޅުންތެރިންގެ ހުނަރު ތަރައްގީ ކުރުމަށް މަސައްކަތް ކުރެއެވެ. އެގޮތުން ފުޓްބޯޅަ، ސްވިމިން، ޓެނިސް، ބާސްކެޓްބޯޅަ އަދި ސާފިން އެސޯސިއޭސިއޭޝަންތަކާއެކު ގާއިމްކޮށްފައިވާ ދިގު މުއްދަތުގެ ޕާޓްނާޝިޕްތަކުގެ ދަށުން އެ އެސޯސިއޭޝަންތަކަށް ބީއެމްއެލްއިން އެހީތެރިކަން ފޯރުކޮށްދެމުންދެއެވެ. މީގެ އިތުރުން 2023 ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރަކުވެސް ބީއެމްއެލް ސްޕޯޓްސް ސްކޮލާޝިޕްގެ ދަށުން ތަމްރީނު ހާސިލުކުރުމުގެ ފުރުސަތު ފޯރުކޮށްދެއެވެ. އެގޮތުން މި ސްކޮލާޝިޕްގެ ދަށުން މިހާތަނަށް އަށް އެތުލީޓުންނަށް ތަމްރީނު ހޯދުމުގެ ފުރުސަތު ދީފައިވެއެވެ. މީގެ އިތުރުން ބެންކުން މިހާރުވެސް ވަނީ ބާސްކެޓް ބޯޅަ އެރީނާއެއް ގާއިމްކުރުމަށް އެމްބީއޭއާއެކު އެއްބަސްވެފައެވެ. ގައުމީ ފުޓްބޯޅަ ޓީމުގެ ރަސްމީ ސްޕޮންސަރުގެ ގޮތުގައި 2017 އިން ފެށިގެން ބީއެމްއެލްއިން އަންނަނީ ފުުޓްބޯޅަ އެސޯސިއޭޝަނަށްވެސް އެހީތެރިވަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ