ދިވެހި ކުޅިވަރު ތަރައްގީ ކުރުމަށް ބީއެމްއެލް އިން ކުރަމުންދާ މަސައްކަތުގެ އަގުވަޒަންކޮށް ހާއްސަ އެވޯޑެއް

ދިވެހިރާއްޖޭގައި ކުޅިވަރުގެ ހުނަރު ކުރިއަރުވައި، ކުޅިވަރު ތަރައްގީ ކުރުމަށް ބޭންކްއޮފް މޯލްޑިވްސް (ބީއެމްއެލް) އިން ކުރަމުންދާ މަސައްކަތުގެ އަގުވަޒަންކޮށް އެބެންކަށް ހާއްސަ އެވޯޑެއް ދީފި އެވެ.
ބޭންކަށް މި އެވޯޑު ދީފައި ވަނީ މިނިސްޓްރީ އޮފް ސްޕޯޓްސް، ފިޓްނަސް އެންޑްރެކްރިއޭޝަން އިން އިންތިޒާމުކޮށްގެން މިރޭ ބޭއްވި މޯލްޑިވްސް ސްޕޯޓްސްއެވޯޑްސްގައެވެ. ބޭންކުގެ ފަރާތުން މި އެވޯޑާ ހަވާލުވެލެއްވީ ސީއީއޯ އަދިނމެނޭޖިން ޑިރެކްޓާ މުޙައްމަދު ޝަރީފް އެވެ.
ރާއްޖޭގެ ކުޅިވަރު ކުރިއެރުވުމަށް ބޭންކުން ކޮންމެ އަހަރަކުވެސް ރާއްޖޭގެ އެކި ގައުމީކުޅިވަރު ޖަމިއްޔާތަކާ ގުޅިގެން ކުޅިވަރު ތަރައްގީ ކުރުމާއި، ގައުމީ ފެންވަރުގެ މުބާރާތްބޭއްވުމަށް އެހީތެރިވުމާއި ކުޅުންތެރިންގެ ހުނަރު ތަރައްގީ ކުރުމަށް މަސައްކަތް ކުރެއެވެ. އެގޮތުން ފުޓްބޯޅަ، ސްވިމިން، ޓެނިސް، ބާސްކެޓްބޯޅަ އަދި ސާފިން އެސޯސިއޭސިއޭޝަންތަކާއެކު ގާއިމްކޮށްފައިވާ ދިގު މުއްދަތުގެ ޕާޓްނާޝިޕް ތަކުގެ ދަށުން އެ އެސޯސިއޭޝަންތަކަށް އެހީތެރިކަން ފޯރުކޮށްދެމުންދެ އެވެ.
މީގެ އިތުރުން 2023 ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރަކުވެސް ބީއެމްއެލް ސްޕޯޓްސް ސްކޮލާޝިޕްގެ ދަށުން ތަމްރީނު ހާސިލުކުރުމުގެ ފުރުސަތު ފޯރުކޮށްދެ އެވެ. އެގޮތުން މި ސްކޮލާޝިޕްގެ ދަށުން މިހާތަނަށް 8 އެތުލީޓުންނަށް ތަމްރީނު ހޯދުމުގެފުރުސަތު ދީފައި ވެއެވެ.
މީގެ އިތުރުން ބެންކުން މިހާރު ވެސް ވަނީ ބާސްކެޓް ބޯޅަ އެރީނާއެއް ގާއިމްކުރުމަށް އެމްބީއޭ އާއެކު އެއްބަސްވެފަ އެވެ. ގައުމީ ބޭންކު، ބީއެމްލް އިން އަނެއްކާވެސް ގައުމީފުޓްބޯޅަ ޓީމުތައް ވަނީ ސްޕޮންސާކޮށްފަ އެވެ.
ގައުމީ ފުޓްބޯޅަ ޓީމުގެ ރަސްމީ ސްޕޮންސާގެ ގޮތުގައި 2017 އިން ފެށިގެން ބީއެމްއެލްއިން އަންނަނީ ފުުޓްބޯޅަ އެސޯސިއޭޝަނަށް ވެސް އެހީތެރިވަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ