ރިޔާދު، ސައުދީ އަރަބިއްޔާ (ޖެނުއަރީ 3) - ޕޯޗުގީސް ފުލްބެކް، ޖޮއާއޯ ކަންސެލޯ މި މަހުގެ ޓްރާންސްފާ މާކެޓްގައި، މިހާރު ކުޅެމުން އަންނަ ސައުދީ ޕްރޮފެޝަނަލް ލީގު (ޕްރޯ ލީގު)ގެ ކްލަބް، އަލް ހިލާލް ދޫކޮށް އެނބުރި ޔޫރަޕަށް ދިއުމަށް ނިންމާފައިވާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.
ތިން އަހަރުގެ ކޮންޓްރެކްޓެއްގައި ކަންސެލޯ، 31، 2024 ވަނަ އަހަރުގެ އޮގަސްޓް މަހު، އަލް ހިލާލް އަށް ސޮއިކުރީ 25 މިލިއަން ޑޮލަރުގެ ޑީލެއްގައި މެންޗެސްޓާ ސިޓީ ދޫކޮށެވެ. ސިޓީގައި އޭނާ ހޭދަކުރި ފަހު ދޮޅު އަހަރު ތެރޭ ލޯނަކަށް ވަނީ، ބާސެލޯނާ އާއި ބަޔާން މިއުނިކަށް ކުޅެފަ އެވެ.
ސައުދީ ޕްރޯ ލީގުގައި އެކަށީގެންވާ މިންވަރަށް ކެރިއަރަށް ކުރިއެރުމެއް ލިބޭނެ ކަމަށް ނުބެލެވޭތީ، ކަންސެލޯ އެ ޓީމުގެ މެނޭޖްމަންޓުގައި އެދިފައިވަނީ، މި މަހުގެ ޓްރާންސްފާގައި ރަނގަޅު ހުށަހެޅުމެއް ލިބިއްޖެނަމަ، އޭނާ ދޫކޮށްލުމަށެވެ.
ކަންސެލޯގެ ސޮއި ހޯދަން އޭނާ ކުރިން ކުޅުނު ތިން ކްލަބަކުން އަންނަނީ މަސައްކަތް ކުރަމުންނެވެ. އެއީ، ބާސެލޯނާގެ އިތުރުން، ޔުވެންޓަސް އާއި އިންޓަ މިލާން އެވެ.
އެ ގޮތުން، 2012-2015 އަށް ބެންފީކާ އަށް ކުޅުނު ކަންސެލޯ ވަނީ 2015-2018 އަށް ވެލެންސިއާ އަށް ކުޅެފަ އެވެ. އޭގެ ތެރެއިން ފަހު އަހަރު ލޯނަކަށް ކުޅުނީ އިންޓަ އަށެވެ. އިންޓަ އަށް ފަހު، ދެން އައި އަަހަރު ޔުވެންޓަސް އަށް ކުޅުނު ކަންސެލޯ، އެއް އަހަރަށް ފަހު، 2019 ވަނަ އަހަރު މެންޗެސްޓާ ސިޓީ އަށް ބަދަލުވި އެވެ. އެ ޓީމަށް 2023 ވަނަ އަހަރުގެ ޖެނުއަރީއާ ހަމައަށް ކުޅުމަށް ފަހު، ދެން ލޯނަކަށް ބަޔާނާއި ބާސެލޯނާ އިން ފެނުނު ކަންސެލޯ ބަދަލުވީ ހިލާލް އަށެވެ.
އަލް ހިލާލް ދޫކޮށްލަން ނިންމައި ކަންސެލޯގެ މިސްރާބު އެނބުރި ޔޫރަަޕަށް އަލް ހިލާލް ދޫކޮށްލަން ނިންމައި ކަންސެލޯގެ މިސްރާބު އެނބުރި ޔޫރަަޕަށް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ