ބަޣުދާދު އެއާޕޯޓު ކައިރިން ޑްރޯންތަކެއް ވައްޓާލައިފި

އިރާޤުގެ ވެރިރަށް ބަޣުދާދުގައި ހުންނަ ބައިނަލްއަޤުވާމީ ވައިގެ ބަނދަރު ކައިރީގައި ހުންނަ އެމެރިކާގެ އަސްކަރީ މަރުކަޒަކަށް އަމާޒުކޮށް ފޮނުވާލި ޑްރޯންތަކެއް އިރާޤުގެ ވައިގެ ދިފާއީ ނިޒާމުން ހުއްޓުވައިފިއެވެ. 
މި ހަމަލާ ދީފައިވަނީ އެއާޕޯޓު ސަރަހައްދުގައި އޮންނަ "ވިކްޓްރީ ބޭސް" އަށެވެ.
މި ހާދިސާ ހިނގާފައިވަނީ މިއަދުގެ ވަގުތެއްގައެވެ. ސަލާމަތީ ބާރުތަކުން މައުލޫމާތު ދޭ ގޮތުގައި، ވައިގެ ދިފާއީ ނިޒާމުން ވަނީ މި ޑްރޯން އޭގެ އަމާޒަށް ވާސިލުވުމުގެ ކުރިން ވައްޓާލައިފައެވެ.
އަލްޖަޒީރާއިން ބުނާ ގޮތުގައި، މި ހަމަލާގެ ސަބަބުން އެއްވެސް މީހަކަށް ނުވަތަ ތަނެކަށް ގެއްލުމެއް ލިބިފައިވާ ކަމުގެ ރިޕޯޓެއް އަދި ލިބިފައެއް ނުވެއެވެ. މިއީ 28 ފެބްރުއަރީން ފަށައިގެން އެމެރިކާ އާއި އިޒްރޭލުން އީރާނަށް ދެމުންދާ ހަމަލާތަކުގެ ބަދަލު ހިފުމުގެ ގޮތުން އީރާނުން މެދުއިރުމަތީގައި ހުންނަ އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށް ދެމުންދާ ހަމާލާތަކެކެވެ.
ފާއިތުވެދިޔަ ހަފްތާތަކުގައިވެސް އީރާނުން ވަނީ މި ސަރަހައްދަށް ހަމަލާތައް އަމާޒުކޮށްފައެވެ. އަދި ބައެއް މީހުންންނަށް އެ ހަމާލާތަކުގައި އެކި ވަރުގެ އަނިޔާތައް ވަނީ ލިބިފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ