އިމިގްރޭޝަން އޮފިސަރެއްގެ ނަމުގައި ބިދޭސީން ދިރިއުޅޭ ތަނަކަށް ވަދެ ފޭރުނު މައްސަލައަކާ ގުޅިގެން ކުރިން ހައްޔަރުކޮށްފައިވާ މީހާ، ފޭރުމުގެ މައްސަލައެއްގައި އަނެއްކާ ވެސް ހައްޔަރުކޮށްފިއެވެ.
ނަވީން މި ފަހަރު ހައްޔަރުކޮށްފައިވަނީ ފޭރުމުގެ މައްސަލައެއްގައެވެ. އެ މައްސަލައާ ގުޅިގެން އޭނާ ހައްޔަރުކޮށް ކޯޓަށް ހާޒިރު ކުރުމުން އޭނާގެ ބަންދަށް ކްރިމިނަލް ކޯޓުންވަނީ 15 ދުވަސް ޖަހައިފައެވެ.
އިމިގްރޭޝަން އޮފިސަރަކަށް ހެދިގެން، ބިދޭސީން އުޅޭ ގެޔަކަށް ވަދެ އެ ތަނުގައި އުޅޭ ބަނގްލަދޭޝް މީހެއްގެ އަތުން ފޯނާއި، 9،000 ރުފިޔާ ފޭރުނު މައްސަލައައަކީ 2024 ވަނަ އަހަރުގެ ސެޕްޓެންބަރު މަހު ހިނގި މައްސަލައެކެވެ. އެ މައްސަލައާ ގުޅިގެން ނަވީން ހައްޔަރުކޮށްފައިވަނީ ކޯޓު އަމުރެއްގެ ދަށުން ކަމަށް އޭރުގެ ރިޕޯޓްތަކުން ދައްކައެވެ.
އޭގެ ފަހުން މާލޭގެ ފިހާރައަކުން ޗޮކްލެޓެއް ވަގަށް ނަގައިގެން ވެސް އޭނާ ހައްޔަރުކުރިއެވެ. އެ މައްސަލައިގައި ވެސް 15 ދުވަހަށް އޭރު ބަންދު ކުރިއެވެ.
ރިކޯޑްތަކުން ދައްކާ ގޮތުގައި މިދިޔަ މޭ މަހު ވެސް މި ފަދަ މައްސަލައެއްގައި ނަވީން ހައްޔަރުކޮށްފައިވެއެވެ. އޭނާއަކީ ބަންދު ރިކޯޑް ގިނަ މީހެއްކަން ބަންދު އަމުރުގައި ވެސް ފާހަގަކޮށްފައިވެއެވެ.
ފޭރުމުގެ މައްސަލައެއްގައި ކުރިން ހައްޔަރު ކުރި މީހަކު އަނެއްކާވެސް ފޭރިގެން ހައްޔަރު ކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ