ދަރަވަންދޫ އެއާޕޯޓުގެ ޓާމިނަލް ތަރައްގީކުރަން ފަށައިފި

ބ. ދަރަވަންދޫ އެއާޕޯޓުގެ ޓާމިނަލްގެ ޖާގަ ބޮޑުކޮށް، ވަސީލަތްތައް އިތުރުކުރުމުގެ އަމަލީ މަސައްކަތް ސަރުކާރުން ރަސްމީކޮށް ފަށައިފިއެވެ.
2012 ވަނަ އަހަރު ހުޅުވި ދަރަވަންދޫ އެއާޕޯޓަކީ މިހާރުވެސް ދުވާލަކު އެވްރެޖްކޮށް އަށް ފްލައިޓް އޮޕަރޭޓްކުރާ ބާރުބޮޑު އެއާޕޯޓެކެވެ. މިހާތަނަށް 1.8 މިލިއަނަށްވުރެ ގިނަ ފަސިންޖަރުން މި އެއާޕޯޓުގެ ޚިދުމަތް ހޯދާފައިވާއިރު، ޓާމިނަލް ބޮޑުކުރުމަކީ ބ. އަތޮޅުގެ ފަތުރުވެރިކަމަށް ލިބިގެންދާނެ ވަރަށް ބޮޑު ކުރިއެރުމެއް ކަމަށް ސަރުކާރުން ދެކެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ