މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) އިން މަސްދަޅުގެ އަގުބޮޑުކޮށްފި އެވެ.
މިފްކޯ އިން މިއަދު ބުނީ، އެ ބަދަލު ގެންނަން ޖެހުނީ މެދުއިރުމަތީގެ ހަމަނުޖެހުންތަކާ ގުޅިގެން ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގަށް އައި ބަދަލާއެކު، މަސްދަޅު އުފެއްދުމަށް ހިނގާ ހަރަދު ވަރަށް ބޮޑަށް މައްޗަށް ދިއުމާ ގުޅިގެން ކަމަށެވެ.
އެގޮތުން މާރިޗު މަހުގެ ކުރިން މިފްކޯއަށް 11.57 ރުފިޔާއަށް ތެޔޮ ލީޓަރެއް ލިބެމުންދިޔަ ނަމަވެސް މިހާރު އެ ކުންފުންޏަށް ތެޔޮ ލީޓަރެއް ލިބެނީ 14.32 ރުފިޔާއަށް ކަމަށް ބުންޏެވެ.
މިފްކޯ އިން ބުނީ، މި ސަބަބާ ގުޅިގެން މިއަދުން ފެށިގެން ތެޔޮ މަސްދަޅެއް ވިއްކުމަށް ހަމަޖެހިފައިވަނީ 18.50 ރުފިޔާއަށް ކަމަށެވެ. އަދި ތެޔޮ މަސްދަޅު ކޭހެއް ވިއްކުމަށް ހަމަޖެހިފައިވަނީ 800 ރުފިޔާއަށް ކަމަށް ބުންޏެވެ.
ތެޔޮ މަސްދަޅަށް ގެނައި މި ބަދަލަކީ އެއް ރުފިޔާގެ އަގުބޮޑުވުމެކެވެ.
މިފްކޯ އިން ބުނީ، ހަނގުރާމައާ ގުޅިގެން މުޅި ދުނިޔޭގެ އިގުތިސާދަށް އަންނަ ހީނަރުކަމާއެކު ކުރިމަތިވަމުންދާ ގޮންޖެހުންތަކުގެ ސަބަބުން މިފްކޯގެ އުފެއްދުންތެރިކަމުގެ ހަރަދު ބޮޑުވެފައިވީ ނަމަވެސް ކުންފުނިން ފިޔަވަޅުތައް އަޅަމުންދާނީ ރައްޔިތުންނަށް އޭގެ އަސަރު އެންމެ ކުޑަވާނެ ގޮތަކަށް ކަމަށެވެ.
ހަނގުރާމައާ ގުޅިގެން މިފްކޯ އިން މަސްދަޅުގެ އަގު ބޮޑުކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ