ފެނަކައިގެ މެނޭޖިން ޑިރެކްޓަރު ކަމުގެ މަގާމުން މުހައްމަދު ނަޖާހު ވަކިކޮށްފިއެވެ.
މިކަން އިއުލާނުކޮށް ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރޭޝަން ބޯޑު (ޕީސީބީ) އިން ބުނީ އެމްޑީގެ މަގާމުންނާއި ބޯޑު މެންބަރުކަމުގެ މަގާމުން މުހައްމަދު ނަޖާހު މިއަދުން ފެށިގެން ވަކިކޮށްފައިވާކަމަށެވެ.
ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރޭޝަން ބޯޑް (ޕީސީބީ) އިން ބުނީ ފެނަކައިގެ އެމްޑީގެ މަގާމަށް ހ. ޔެލޯރޯޒް 2، މޭޖާ ރިޓަޔާޑް ނަޖާހު އައްޔަން ކޮށްފައިވަނީ 2024 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 23ވަނަ ދުވަހުއެވެ. މި މަގާމަށް ނަޖާހް އައްޔަންކޮށްފައި ވަނީ ފެނަކައިގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުގައި ހުންނެވި މުއާޒް މުހައްމަދު ރަޝީދު އެ މަގާމުން އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ.
ނަމަވެސް މި މަގާމުން ނަޖާހު ވަކިކުރި ސަބަބެއް ޕީސީބީން އަދި ހާމަކޮށްފައެއް ނުވެއެވެ.
ފެނަކަ އެމްޑީގެ މަގާމުން މުއާޒް އިސްތިއުފާ ދެއްވާފައިވަނީ ކުންފުންޏަށް ލިބޭ އާމްދަނީއަށް ވުރެ ކުރަންޖެހޭ ހަރަދު ބޮޑުވުމުން ދެމެހެއްޓެނެވި ގޮތެއްގައި ހިދުމަތް ފޯރުކޮށް ނުދެވޭނެ ހާލަތަކަށް ކުންފުނީގެ އޮޕަރޭޝަންގެ ހާލަތު ވެއްޓިފައިވުމުގެ ސަބަބުން އަދި ފެނަކައިގެ އެމްޑީގެ މަގާމުގައި ހުރެގެން އިތުރަށް މިކަން ރަނގަޅު ކުރެވޭނެ އަލިމަގެއް ފެންނަން ނެތުމުން ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.
ފެނަކައިގެ މެނޭޖިން ޑިރެކްޓަރު ކަމުގެ މަގާމުން ނަޖާހު ވަކިކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ