އައިޖީއެމްއެޗްއާއި ދަރުމަވަންތަ ހޮސްޕިޓަލަށް ދިމާވެފައިވާ ކަރަންޓުގެ މައްސަލަތައް ހައްލުކުރުމަށް ސްޓެލްކޯއާއިއެކު މަޝްވަރާކޮށްފިއެވެ.
ސްޓެލްކޯއިން މިއަދު ބުނީ މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ދަށުން ހިންގަމުންގެންދާ އައިޖީއެމް ހޮސްޕިޓަލާއި، ދަރުމަވަންތަ ހޮސްޕިޓަލަށް ދިމާވެފައިވާ ކަރަންޓުގެ މައްސަލަތައް ހައްލުކުރުމާ ގުޅޭގޮތުން އެކުންފުންޏާއެކު، މަޝްވަރާކުރުމަށް މިއަދު މުހިންމު ބައްދަލުވުމެއް ބާއްވާފައިވާ ކަމަށެވެ.
އެގޮތުން މި ބައްދަލުވުމުގެ މައިގަނޑު މަގްސަދަކީ ހޮސްޕިޓަލްތަކަށް ދިމާވެފައިވާ ކަރަންޓުގެ މައްސަލަތަކަށް އަވަސް ހައްލެއް ހޯދުމާއި، ދިގު މުއްދަތަކަށް ދެ ފަރާތް ގުޅިގެން ކުރެވިދާނެ ކަންކަމާ ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާކުރުންކަމަށް ސްޓެލްކޯއިން ވަނީ ހާމަކޮށްފައެވެ.
މި ބައްދަލުވުމުގައި ސްޓެލްކޯ ހިންގެވުމާ ހަވާލުވެ ހުންނެވި ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ ޑރ. އަލީ އަޒުވަރާއި، މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ސީއީއޯ އަބްދުއްރައްޒާގު ހަލީމާއި، ދެ ކުންފުނީގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.
އައިޖީއެމްއެޗްއާއި ދަރުމަވަންތަ ހޮސްޕިޓަލަށް ދިމާވެފައިވާ ކަރަންޓުގެ މައްސަލަތައް ހައްލުކުރުމަށް ސްޓެލްކޯއާއިއެކު މަޝްވަރާކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ