ކެއާ ސޮސައިޓީގެ ދަރިވަރުންނަށް އައިކެއާއިން ލޮލުގެ ސްކްރީނިން ހަދައިދީފި
ލޮލުގެ ސިއްހީ ޚިދުމަތަކީ މުޅި މުޖުތަމައުއަށް ފަސޭހަކަމާ އެކު ލިބިގަނެވޭނެ ޚިދުމަތަކަށް ހެދުމަށާއި، ދުޅަހެޔޮ ލޮލުގެ ސިއްހަތަށް ހޭލުންތެރިކުރުމަށް އައިކެއާއިން ކުރަމުން އަންނަ މަސައްކަތުގެ ތެރެއިން ކެއާ ސޮސައިޓީގެ ބައިވެރިންނަށް ލޮލުގެ ފެނުން ޗެކްކޮށްދިނުމުގެ ޚާއްސަ ޕްރޮގްރާމެއް ކުރިއަށް ގެންގޮސްފިއެވެ. ކެއާ ސޮސައިޓީން ކޮންމެ އަހަރަކު ވެސް ކުރިއަށްގެންދާ ހެލްތު ސްކްރީނިން އިވެންޓަށް އެއްބާރުލުން ދިނުމުގެ ގޮތުން، އެ ސޮސައިޓީގެ އިމާރާތުގައި ކުރިއަށްގެންދިޔަ މި ހިލޭ ސްކްރީނިން ޕްރޮގްރާމްގައި ތަފާތު ގޮތްގޮތުން ޚާއްސަ އެހީއަށް ބޭނުންވާ ކުދިންނާއި ބޮޑެތި މީހުން ހިމެނޭ ގޮތަށް ގާތްގަނޑަކަށް 50 ބައިވެރިން ބައިވެރިވިއެވެ. ކެއަރ ސޮސައިޓީގެ ބައިވެރިންނަށް ލޮލުގެ ފެނުން ޗެކްކޮށްދިނުމަށް ކުރިއަށް ގެންދިޔަ ހާއްސަ ޕްރޮގްރާމުގެ ތެރެއިން.. ފޮޓޯ/ ކެއާ ސޮސައިޓީ މި ޕްރޮގްރާމްގެ މައިގަނޑު މަގުސަދަކީ ލޮލުގެ ފެނުމާ ގުޅޭ މައްސަލަތައް ކުރީބައިގައި ދެނެގަނެ، ލޮލުގެ ސިއްހަތު ރަނގަޅަށް ބެހެއްޓޭނެ ގޮތްތަކާ ބެހޭ ލަފާ ދިނުމެވެ. މި ހަރަކާތުގެ ތެރެއިން އައިކެއާގެ އޮޕްޓޮމެޓްރިސްޓުންގެ ޓީމުން ވަނީ ބައިވެރިންގެ ލޮލުގެ ފެނުމުގެ އަސާސީ ޓެސްޓުތައް ހަދައި، އިތުރު ފަރުވާ ބޭނުންވާ ފަރާތްތަކަށް ބޭނުންވާ އިރުޝާދާއި ލަފާ ދީފައެވެ. ކެއަރ ސޮސައިޓީގެ ބައިވެރިންނަށް ލޮލުގެ ފެނުން ޗެކްކޮށްދިނުމަށް ކުރިއަށް ގެންދިޔަ ހާއްސަ ޕްރޮގްރާމުގެ ތެރެއިން.. ފޮޓޯ/ ކެއާ ސޮސައިޓީ އައިކެއާއިން ބުނި ގޮތުގައި، މުޖުތަމައުގެ އެކި ފަންތިތަކަށް ވާސިލުވެ، ލޮލުގެ ސްކްރީނިންގެ ޚިދުމަތް ފަސޭހައިން ލިބޭނެ ގޮތް ހެދުމަކީ އެ ކުންފުނީގެ އިޖުތިމާއީ ޒިންމާގެ މުހިންމު ބައެކެވެ. "މުޖުތަމައުތަކަށް ވާސިލުވެ، ލޮލުގެ ސްކްރީނިންގެ ޚިދުމަތް ފަސޭހައިން ލިބޭނެ ގޮތް ހެދުމަކީ ކުންފުނީގެ އިޖުތިމާއީ ޒިންމާ (ސީއެސްއާރް)ގެ މުހިންމު ބައެއް،" އައިކެއާއިން ބުންޏެވެ. ކެއަރ ސޮސައިޓީގެ ބައިވެރިންނަށް ލޮލުގެ ފެނުން ޗެކްކޮށްދިނުމަށް ކުރިއަށް ގެންދިޔަ ހާއްސަ ޕްރޮގްރާމުގެ ތެރެއިން.. ފޮޓޯ/ ކެއާ ސޮސައިޓީ އައިކެއާއިން އިތުރަށް ބުނި ގޮތުގައި، ހުރިހާ ފަރާތްތަކަށް ވެސް ހަމަހަމަ ގޮތެއްގައި ފެންވަރު ރަނގަޅު ލޮލުގެ ފަރުވާ ފޯރުކޮށްދިނުމާއި، ބޭނުންވާ ވަގުތު އެކަށީގެންވާ ލަފަޔާއި އިރުޝާދު ދިނުމުގައި އެ ކުންފުނިން ދެމިތިބޭނެއެވެ. އަދި، ލޮލުގެ ސިއްހަތަށް ހޭލުންތެރިކަން އިތުރު ކުރުމާއި، ގަވާއިދުން ލޮލުގެ ޗެކަޕް ހެދުމުގެ މުހިންމުކަން މުޖުތަމައުއަށް ފޯރުކޮށްދިނުމަކީ ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށް ގެންދާނެ މަސައްކަތެއް ކަމަށް ވެސް އެ ކުންފުނިން ބުނެފައިވެއެވެ. ކެއަރ ސޮސައިޓީގެ ބައިވެރިންނަށް ލޮލުގެ ފެނުން ޗެކްކޮށްދިނުމަށް ކުރިއަށް ގެންދިޔަ ހާއްސަ ޕްރޮގްރާމުގެ ތެރެއިން.. ފޮޓޯ/ ކެއާ ސޮސައިޓީ މުޖުތަމަޢުގެ ދުޅަހެޔޮކަމަށާއި އިޖުތިމާޢީ ޒިންމާ އަދާކުރުމުގައި އަބަދު ވެސް އައިކެއާއިން ސާބިތުކަމާ އެކު ދެމިތިބޭނެކަމުގެ ޔަގީންކަން އެ ކުންފުނިން ވަނީ ދީފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ