ރާއްޖޭގައި އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) އަދި ޑޭޓާ ކޮމްޕިޓެންސީ ސެންޓަރެއް ގާއިމުކުރުމުގެ މަސައްކަތުގައި ސްޓްރެޓީޖިކް ޕާޓްނަރެއްގެ ގޮތުގައި އެހީތެރިކަން ފޯރުކޮށްދިނުމަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ނިންމައިފިއެވެ.
މިކަމާ ގުޅޭ އެމްއޯޔޫއެއްގައި މޯލްޑިވްސް އިނޮވޭޝަން އެންޑް ޑިޖިޓަލް ކޮމްޕެނީ (މައިންޑްކޯ) އާއި ބީއެމްއެލް އިން މިއަދު ވަނީ ސޮއިކޮށްފައެވެ.
ބޭންކުގެ ދައުރު: މި މަޝްރޫއުގައި ގައުމީ ބޭންކުގެ ދައުރަކީ، ސެންޓަރު ފެށުމުގެ މަރުހަލާގައި ބޭނުންވާ ފަންނީ އަދި އަމަލީ އެހީތެރިކަން ފޯރުކޮށްދިނުމެވެ. އެގޮތުން ބީއެމްއެލް އިން އެހީތެރިވެދޭނެ ދާއިރާތަކަކީ:
ބީއެމްއެލް އިން ހާމަކުރި ގޮތުގައި މި ސެންޓަރު މެދުވެރިކޮށް ދައުލަތުގެ އިދާރާތައް ޑިޖިޓަލްކުރުމަށް ހިންގާ މަޝްރޫއުތަކަށް އެހީތެރިވެދީ، އާންމު ޚިދުމަތްތައް ދިނުމަށް ބޭނުންކުރާ ސިސްޓަމްތައް އިތުރަށް ހަރުދަނާކުރެވިގެންދާނެއެވެ.
މި ސެންޓަރުގެ އަމަލީ މަސައްކަތް ފެށުމަށް ހަމަޖެހިފައިވަނީ އަންނަ އޭޕްރީލް މަހުއެވެ.
ރޯދަ މަހުގެ އުމްރާވެރިންނަށް ޑޮލަރު ދޫކުރުމުގެ އިންތިޒާމު ބީއެމްއެލްއިން ހަމަޖައްސައިފި ބީއެމްއެލްގެ ބޯހިޔާވަހިކަން: 3260 ފްލެޓް ލިބޭނީ 2028 ގަ އަންނަ މަހުން ފެށިގެން ބީއެމްއެލް ކްރެޑިޓް ކާޑު ލިމިޓް ބޮޑުކުރަނީ އަތްފޯރާ ފަށުގެ ބޯހިޔާވަހިކަމަށް ބީއެމްއެލްގެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ