ހައިކޯޓާއި ކްރިމިނަލް ކޯޓަށް ފަނޑިޔާރުން އައްޔަންކުރައްވައިފި
ހައިކޯޓުގެ ފަނޑިޔާރުކަމަށް ދެ ބޭފުޅަކު އަދި ކްރިމިނަލް ކޯޓުގެ ފަނޑިޔާރުކަމަށް ބޭފުޅަކު އައްޔަންކޮށްފި އެވެ.ޖޭއެސްސީން އިއުލާނުކުރި ގޮތުގައި ހައިކޯޓުގެ ހުސްވެފައިވާ ފަނޑިޔާރުކަމުގެ ދެ މަގާމަށް އައްޔަންކޮށްފައިވާ ދެ ފަނޑިޔާރުންނަކީ:އެ ކޯޓުގެ ކުރީގެ ފަނޑިޔާރު އަބްދުލްރައޫފް އިބްރާހިމްއިސްމާއީލް ޝަފީއުކްރިމިނަލް ކޯޓަށް އައްޔަންކޮށްފައިވަނީ އަހްމަދު ނިޔާޒެވެ.ހައިކޯޓާއި ކްރިމިނަލް ކޯޓަށް އައްޔަން ކުރެއްވި ފަނޑިޔާރުންނަށް ހުވާލައި ދެއްވީ ސުޕްރީމް ކޯޓުގައި ރޭ ބޭއްވި ރަސްމިއްޔާތެއްގައި އެ ކޯޓުގެ ފަނޑިޔާރު އަބްދުﷲ ހަމީދެވެ.ރައޫފަކީ 10 އަހަރަށްވުރެ ގިނަ ދުވަހު ހައިކޯޓުގައި މަސައްކަތް ކުރުމަށް ފަހު، ސުލޫކީ މައްސަލައެއް ބަލައި މަގާމުން ވަކިކުރަން ނިންމުމުން ފަނޑިޔާރުކަމުން އިސްތިއުފާ ދެއްވި ބޭފުޅެކެވެ. ހައިކޯޓުގެ ފަނޑިޔާރުކަމުން ވަކިވުމަށް ފަހު، ރައޫފު ފަހުން ވަނީ ވެރިކަން ކުރާ ޕީއެންސީގެ ޓިކެޓުގައި މަޖިލީހަށް ވާދަކުރައްވާފައެވެ. އެކަމަކު، ކެޔޮދޫ ދާއިރާގެ އިންތިހާބުން ރައޫފަށްވީ ނާކާމިޔާބެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ