ޑައިވް ސައިޓްތައް ހިމާޔަތްކުރުމަށް އައިއޯޑީއޭ އާއެކު މަޝްވަރާކޮށްފި މިފްކޯއިން މަސްވެރިންނަށް 1.3 މިލިއަން ރުފިޔާ ދޫކޮށްފި ޑާލާ ޕޯޓަލަކީ މޯލްޑިވްސް 2.0 ގެ ލަނޑުދަނޑިތައް ހާސިލްކުރުމަށް އެހީތެރިވެދޭ ޕޯޓަލެއް: ވަޒީރު ތެލާއި މިނެރަލް ހޯދަން އެސްއީޒެޑްގެ ދަށު

އުރީދޫ މޯލްޑިވްސްއިން މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އަށް ކަނޑުއަޑީގައި ބޭނުންކުރާ ހާއްސަ ޑައިވިންގ އާލާތްތަކެއް ހަދިޔާކޮށްފިއެވެ. ބަނޑާރަކޮށީގައި އިއްޔެ ބޭއްވި ރަސްމިއްޔާތެއްގައި މި ތަކެއްޗާ ހަވާލުވެވަޑައިގަތީ ޑިފެންސް މިނިސްޓަރު މުހައްމަދު ޣައްސާން މައުމޫނެވެ. އުރީދޫގެ ފަރާތުން މި ތަކެތި ހަވާލުކޮށްދެއްވީ އެ ކުންފުނީގެ ސީއީއޯ ޚާލިދު އަލް ހަމާދީއެވެ.
މި ހަދިޔާކުރެވުނު ތަކެއްޗަކީ އުރީދޫގެ 20 ވަނަ އަހަރީ ދުވަސް ފާހަގަކުރުމުގެ ގޮތުން، ކަނޑުއަޑީގައި ބޭއްވި އެންމެ ބޮޑު ޕެނަލް ޑިސްކަޝަންގެ ގިނިސް ވޯލްޑް ރެކޯޑް ހެދުމަށް ބޭނުންކުރި ޒަމާނީ އާލާތްތަކެކެވެ. އޭގެ ތެރޭގައި މުވާސަލާތީ ޑިވައިސްއަކާއި، ކަނޑުއަޑީގެ ލައުޑް ސްޕީކަރެއްގެ އިތުރުން ފުލް ފޭސް ޑައިވިން މާސްކްތައް ހިމެނެއެވެ.
އުރީދޫގެ ސީއީއޯ ޚާލިދު ވިދާޅުވި ގޮތުގައި ރާއްޖޭގެ ކަނޑުގެ ސަރަހައްދު ހިމާޔަތްކުރުމުގައި ސިފައިން އަދާކުރާ މުހިންމު ދައުރަށް އެހީތެރިވުމަކީ އެ ކުންފުންޏަށް ލިބޭ ފަހުރެކެވެ. އަދި މި އާލާތްތަކުގެ ސަބަބުން ކަނޑުއަޑީގެ އޮޕަރޭޝަންތަކާއި މުވާސަލާތީ ގާބިލްކަން އިތުރުވެގެންދާނެކަން އޭނާ ފާހަގަކުރެއްވިއެވެ.
މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް އިބްރާހިމް ހިލްމީ ވިދާޅުވީ، މިއީ ކޯސްޓްގާޑުގެ ސާޗް އެންޑް ރެސްކިއު މަސައްކަތްތަކަށް ލިބުނު ވަރަށް މުހިންމު ކުރިއެރުމެއް ކަމަށެވެ. އަދި ރާއްޖެ ފަދަ ކަނޑުގެ ސަރަހައްދު ބޮޑު ގައުމެއްގައި މިފަދަ ޒަމާނީ ވަސީލަތްތައް ބޭނުންކުރުމަކީ ގައުމީ ސަލާމަތާއި ރައްކާތެރިކަމަށް ލިބޭ އިތުރު ބާރެއް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ