ޕީއެންސީގެ ދަފްތަރަށް ޝަކުވާ ހުށަހެޅުމުގެ މުއްދަތު އޭޕްރިލް 13ގެ ނިޔަލަށް މޫސުން ގޯސްވުމުގެ ސަބަބުން ޕީއެންސީގެ ހަރުގެ ހުޅުވުން ފަސްކޮށްފި ކަރަންޓު ދޫކުރަންވީ ޕާޓީގެ ރައްޔިތުންނަށްކަމަށް ދެއްކި ވާހަކަ ޕީއެންސީ ކުށްވެރިކޮށްފި ރައީސް ބޭނުންފުޅުވާ ތަަރައްގީ

ރޭ އައްޑޫ ސިޓީގައި ވެރިކަންކުރާ ޕީއެންސީން ބޭއްވި ކެމްޕެއިން ޖަލްސާގައި އެންމެ ގިނަ ބަޔަކު އަޅައިގަތީ އައްޑޫ ސިޓީ މޭޔަރު ގޮޑިއަށް ޕީއެންސީގެ ފަރާތުން ވާދަކުރާ މުޝްރިފް އަލީ ޖަލްސާގައި ދެއްކި ވާހަކައެވެ. “އައްޑޫއަކީ އެއްވެސް ދުވަސްވަރެއްގައި އާދައިގެ ތަނެއް ނޫނެވެ.” އެއީ ވަރަށް ބޮޑު ތެދެކެވެ. މިއީ ވަސީލަތްތަކާއި، މޮޅު ސިކުނޑިތަކާއި، އިޖާދީ ވިސްނުންތަކުން ފުރިފައިވާ ފުދުންތެރި ބަޔަކު ދިރިއުޅެމުން އަންނަ ތަނެކެވެ.
“އައްޑޫއަކީ އެވޭލާ ޒަމާނުގެ ވަޒަންވެރިވުންތަކުން ފެށިގެން، ދުނިޔޭގެ އެބިތްމިބަތަށް ދަތުރުކުރުމުގައި ދެވަނައެއް ނެތް ފަދަ ނެވިކަމުގެ ހުނަރުވެރިކަމާއި، އާދަކާދަތަކާއި، އާރްއޭއެފްގެ ޒަމާނާއި، ސުވާދީބުގެ ހަނދާންތަކާއި، ޒަމާނީ އިސްލާހީ ހަރަކާތްތަކުގެ މުރުކަޒުވުމާއި ހަމައަށް މުއްސަނދި ތާރިހަކާއި ހަރުދަނާ ޝަހުސަކާއި ސާބިތު ޔަގީންކަންމަތީ ތަފާތު ދައްކާފައިވާ ނަމޫނާ ތަނެކެވެ.” މިއީ މުޝްރިފްގެ ވާހަކައެވެ. މިއީ އައްޑޫ ކޮންމެ ރައްޔިތަކުވެސް އެކަމަށް ހެކިވާނެ ކަމެކެވެ.
އެހެންނަމަވެސް މިއަދު އައްޑޫ ފާހަގަކުރެވިފައިވަނީ ބޭސްސިޓީއެއް ފަދަ ޕްލޭނަކުން ކުޑަކަކޫ މައްޗަށް ތިރިކުރެވި ކުޑަކުޑަ ސިޓީބިޓީ ގަނޑެއްގެ ދަރަޖައިގައެވެ. ދުވަހުން ދުވަހަށް ހިނގާ އިދާރީ ހިންގުމުގެ ކޫސަނިމޫސަނި ކަންކަމަށް މުޅި އެހަމިއްޔަތުކަން ހުއްޓި ތަރައްގީ އާއި ތަހުޒީބާއި، ތަމައްދުންގެ ބޮޑު މަންޒަރުން ފޯކަސް ގެއްލި އަމާޒު ސޮއްސާލައިގެން ގޮސް ވިއްސިވިހާލިވެ ލަނޑުދަނޑިއެއް މޭޔަރެއް މާލިމީއެއް ނެތި ހޭރިޔާކުރާ ކުރާ ފަރަށް އެރިފައިވާ އޮޑިއެއްގެ މަންޒަރެވެ. މިއީ އައްޑޫގެ ނިކަމެތި ހާލަތުގެ ކުޑަކުޑަ މިންވަރެކެވެ. އެއްވެސް މިސްރާބެއް ނެތި އައްޑޫ ސިޓީ ދާކަން ސިފަކޮށް މުޝްރިފް ހިއްސާކުރި ކަންބޮޑުވުމަކީ އައްޑޫ ކޮންމެ ދަރިއެއްގެ ވެސް ކަންބޮޑުވުމެވެ.
މިފަހަރު ޕީއެންސީން މި ނުކުތީ އައްޑޫގެ މަންޒަރު ބަދަލުކޮށްލުމަށެވެ. ގްރޭޓާރ އައްޑޫއަކީ މި ޓީމްގެ އުއްމީދެވެ. ހިވާގި، ވަރުގަދަ ކެރޭ ފަހުލަވާނުންތަަކަކާއެކު މިފަހަރުގެ ކައުންސިލް އިންތިހާބުގައި ސިޓީގެ މެޖޯރިޓީ ހޯދުމަށް ޕީއެންސީން ނުކުތީ އައްޑޫގެ ދަރިންނާއެކު އައްޑޫގެ މަންޒަރު ބަދަލުކޮށްލުމަށެވެ.
ގްރޭޓާރ އައްޑޫގެ އަމާޒަކީ އިދާރީ ހިންގުމުގެ އޮނިގަނޑު މަރުތަޅުން ނެއްޓި، އައްޑޫގެ ރަންޒާމާން އިއާދަ ކުރުމެވެ. ތަރައްގީ އާއި ތަމައްދުނުން ފުރިފައިވާ، ފުއްދުންތެރި ބާރުވެރި ރައްޔިތެއްގެ ބެލެނިވެރިކަމުގައި ބައްޓަންކުރާ ތަހުޒީބީ ޝަހަރެއް ބިނާކޮށް ހިންދެމިލުމެވެ. މި ޝަހަރަކީ ވަށާޖެހިފައިވާ ފަތުރުވެރިކަން ތައްމިނަށް ފުޅާކުރެވި، ވަޒީ ފާއާއި ފުރުސަތުތަކުން ފުރިފައިވާ ޝަހަރަކަށް ހެދުމެވެ. އިލްމީ އިގްތިސާދީ އަސާސް މަތީ އިޖާދީ އިދާރީ ހިންގުމުގެ އޮނިގަނޑަށް ބިނާ ކުރެވިފައިވާ ސަރަހައްދީ ގުޅުންތައް ގާތްކޮށް ގާއިމުކޮށް މަރުކަޒުކުރެވޭ ޝަހަރަށްކަށް ހެދުމެވެ.
މި ގޮތުން އައްޑޫގައި ޝަހްޝު ނެގެހެއްޓުމުގެ މަގްސަދުގައި އިލްމީ ދިރާސާތަކަށް ހާއްސަ މަރުކަޒެއް ގާއިމުކުރުމަކީ މިޓީމްގެ އަމާޒެވެ. އައްޑޫ ސިޓީގެ ފަތުރުވެރިކަން، ޒިޔާރަތްކުރާ މެހެމާނުންގެ މެހެމާންސަރާއަަކަށް ހަނިކުރެވިފައި އޮންނަ އޮތުން ބަދަލުކޮށް ފަތުރުވެރިކަމުގެ ފަންނީ ވަޒީފާތައް އައްޑޫއަށް ގެނައުމެވެ. ރަށުން ބޭރުވެ ވިއްސިވިހާލިވެފައިވާ އައްޑޫގެ އަހުލުންނާއި ގުޅުން ބަދަހިކޮށް އައްޑޫއަށް ސިކުނޑި ޖޯރު ރުޖޫއަކުރުމަށް މި ޓީމުންވަނީ އަތުކުރި އޮޅާލާފައެވެ. އައްޑޫ ސިޓީގެ އިންވެސްޓަރުންނަށް ފަހި އިޖާދީ ވިސްނުމާއި ޒުވާނުންނަށް ހުޅުވާލެވިފައިވާ ޝަހަރެއް ހެދުމުގެ އިތުރުން އިންޑިއާ ކަނޑުގެ ވަޔާއި ކަނޑުދަތުރު މަރުކަޒުކުރެވޭ ބަނދަރަކަށް މަގު ކޮށާލުމުގެ އަމަލީ މަސައްކަތް ފެށުމަށް މި ޓީމް އޮތީ ކެތްމަދުވެފައެވެ.
މިއީ ޕީއެންސީން ގަސްތުކުރާ ތަފާތު މަޝްރޫއުތަކެއް ނޫނެވެ. މިއީ އެއް މިސްރާބެއް އެއް އަމާޒެއް އެއް ލަނޑުދަނޑިއަކަށް ފަހި ކުރެވިފައިވާ އެއް ވިސްނުމެކެވެ. މި ވިސްނުމަކީ އައްޑޫގެ ފަހުރުވެރި މާޒީ އިއާދަކުރުމެވެ. އައްޑޫ ދުނިޔޭގެ ޗާޓަށް އަނބުރާ ގެނައުމެވެ. އައްޑޫއަށް ވަޒީފާ އާއި ވަސީލަތްތައް ރުޖޫއަކުރުމެވެ. އައްޑޫ ރައްޔިތުންނަށް އައްޑޫ އަނބުރާ ހޯދާ ދިނުމެވެ. އައްޑޫ ބިނާކުރަނިވި ހިޔާލާ ވިސްނުމަށް ހުޅުވާލުމެވެ. އައްޑޫގެ ދައުރު ސަރަހައްދީ ގޮތުން ފުޅާކުރުމުގެ ބާބެއް ފެށުމެވެ.
މިއީ އައްޑޫ ރައްޔިތުން ދެކޭ އައްޑޫ ހޯދައިދިނުމުގެ މަސައްކަތުގެ ފެށުމެވެ. މިއީ ގްރޭޓާ އައްޑޫގެ ހުވަފެން ހަގީގަތަކަށް ހެދުމަށް، ފުންކޮށް ވިސްނާލަންޖެހޭ ވަގުތެވެ. ހަމަ ޔަގީނުންވެސް ޕީއެންސީ ޓީމުގެ ޓާގަޓެއް އެބައޮތެވެ. ގްރޭޓާ އައްޑޫ އާއި އެކު މި ސިޓި ތަރައްގީކުރުމުގެ ވިސްނުން އެބަހުއްޓެވެ. އެހާ މޮޅު ގާބިލު ޓިމެއް އެބައޮތެވެ. ގޮތް ނިންމުމުގެ ބާރު މިއޮތީ ރައްޔިތުންގެ އަތްމަތީގައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ