ރަސްމާލެ ހިއްކާތީ ވެއްޔާއި ކިސަޑު އެޅި ފަރުތަކަށް ދަނީ ގެއްލުންވަމުން: ނަޝީދު

ރާއްޖޭގެ ތާރީހުގައި ހިއްކާ އެންމެ ބޮޑު ފަޅު ކަމަށްވާ ފުށިދިއްގަރުފަޅު ނުވަތަ ރަސްމާލެ މަޝްރޫއުގެ ސަބަބުން އެ ސަރަހައްދުގެ ފަރުތަކަށް ބޮޑެތި ގެއްލުންތަކެއް ވަމުން އަންނާތީ ކުރީގެ ރައީސް މުހައްމަދު ނަޝީދު ކަންބޮޑުވުން ފާޅުކުރައްވައިފި އެވެ.އަބަދު ވެސް ތިމާވެށީގެ މައްސަލަތަކަށް ވަކާލާތު ކުރައްވަމުން ގެންދަވާ ނަޝީދު މަނިކުފާނު ސޯޝަލް މީޑިއާ ޕޯސްޓެއްގައި ވިދާޅުވީ މި ފަހުން ކ. މާފުއްޓަށް ކުރެއްވި ދަތުރުގައި އެ ރަށު ރައްޔިތުންގެ ފަރާތުން ވެސް އެ ކަންބޮޑުވުންތަކެއް ލިބިނު ކަމަށާއި ރައްޔިތުންގެ ކަންބޮޑުވުންތައް ހުރީ ފުށިދިއްގަރުފަޅު (ރަސްމާލެ) ހިއްކުމުގެ މަޝްރޫއާ ގުޅޭ ގޮތުން ކަމަށެވެ.ނަޝީދު ވިދާޅުވީ ކޮންޓްރޯލެއް ނެތި ވެއްޔާއި ކިސަޑު ފެތުރުމުގެ ސަބަބުން ކައިރި ފަރުތަކަށް ދަނީ ބޮޑެތި ގެއްލުންތަކެއްވަމުންދާ ކަމަށެވެ. އެކަމަލި ތަރައްގީގެ މަޝްރޫއުތަކަށް ބިން ހިއްކުމަކީ މުހިންމު ކަމެއް ކަމަށް ގަބޫލު ކުރައްވާ ކަމަށާއި ބިން ހިއްކާ ފަރާތްތަކުން ފަޅު ފުންކުރުމާއި ބިން ހިއްކުމަށް ސަރުކާރުން ކަނޑައަޅައިފައިވާ އުސޫލުތަކަށް އަމަލުކުރުމަކީ ކޮންމެހެން ވެސް މުހިންމު ކަމެއް ކަމަށް ވިދާޅުވި އެވެ.ނަޝީދު ވިދާޅުވީ މިފަދަ މަޝްރޫއުތައް ކުރިއަށް ގެންދާ އެންވަޔަރުމެންޓް އިމްޕެކްޓް އެސްސެމްނެޓް (އީއައިއޭ) ރިޕޯޓުގައި ހުންނަ ކަންކަމަށް ކޮންމެހެން ރިއާޔަތް ވެސް ކުރަން ޖެހޭނެ ކަމަށެވެ.ބޯހިޔާވަހިކަމުގެ މައްސަލައަށް ޖުމްލަ ހައްލެއް ގެނެސްދިނުމަށް ކުރިއަށް ގެންދާ މަޝްރޫއުގެ ދަށުން މިހާތަނަށް41 ހެކްޓަރު ހިއްކާފައިވާއިރު އެ މަސައްކަތް ހަލުވި ކުރުމަށް ދުނިޔޭގެ އެންމެ ބޮޑު އެއް ޑްރެޖަރު ވަނީ ގެނެސްފަ އެވެ.އެ މަސައްކަތުގައި ބޭނުން ކުރާކްރިސްޓަބެލް ކޮލޯން ސަކްޝަން ހިޕާ ޑްރެޖަރަކީ 64،000 ކިޔުބިކް މީޓަރުގެ ވެލި ނެގޭ ކެޕޭސިޓީގެ ޑްރެޖަރެކެވެ.ރަސްމާލެއަކީ %100 ނެޓް ޒީރޯ ކާބަން، ސްމާޓް އިކޯ ސިޓީއެއްގެ ގޮތުގައި ތަރައްގީ ކުރާ ޝަރަހެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ