އެސްއެމްއީ ޑިޖިޓަލް އިން ކަނޑު އުޅަނދު ގަންނަން ހާއްސަ ފެސިލިޓީއެއް

އެސްއެމްއީ ޑިޖިޓަލްއިން ކުދި އަދި މެދުފަންތީގެ
ވިޔަފާރިތަކަށް ހާއްސަކޮށް ކަނޑު އުޅަނދުފަހަރާ ގުޅުންހުރި ބޭނުންތަކަށް މާލީ
އެހީތެރިކަން ފޯރުކޮށްދިނުމަށް 'ވެސަލް ފައިނޭންސިން'ގެ ނަމުގައި ފައިނޭންސިން ޕްރޮޑަކްޓެއް މިއަދު ތައާރަފްކޮށްފި އެވެ.
ތަފްސީލް - މި ފައިނޭންސިންގެ ދަށުން 5 މިލިއަން ރުފިޔާ އާ ހަމައަށް
މާލީ އެހީތެރިކަން ލިބޭނެ އެވެ. 
އެސްއެމްއީ ޑިޖިޓަލް އިން ބުނީ ވިޔަފާރިތައް ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށް
ގެންދިއުމަށް މަގުފަހިކޮށްދީ، ލުއި ފަސޭހަ އިންތިޒާމެއްގެ ދަށުން
ފައިނޭންސިން ފުރުސަތު ފަހިކޮށްދިނުމުގެ ގޮތުން ފެސިލިޓީ އަނބުރާ ދެއްކުމަށް 10 އަހަރާ ހަމައަށް މުއްދަތު ލިބޭނެ ކަމަށެވެ.
މީގެ ތެރޭގައި 18
މަހާއި ހަމައަށް  ގްރޭސް ޕީރިއަޑު ވެސް ހިމެނޭ
މި ފައިނޭންސިން ފެސިލިޓީ ފަރުމާކޮށްފައި ވަނީ؛
ކަނޑު އުޅަނދުފަހަރާއި ގުޅުންހުރި ވިޔަފާރިތައް މުޅިން އަލަށް ފެށުމަށް
މިހާރު
ހިންގަމުން އަންނަ ވިޔަފާރިތައް އިތުރަށް ފުޅާކުރުމަށް
 އުޅަނދުފަހަރު ބަނުމަށް
ނުވަތަ ގަތުމަށް އަދި އިންޖީނު އެޅުމުގެ އިތުރުން މަރާމާތުގެ މަސައްކަތްތަކަށް 
މި ފައިނޭންސިން މެދުވެރިކޮށް މަސްވެރިކަމާއި ޓޫރިޒަމް އަދި މުދާ އުފުލުމާއި ލޮޖިސްޓިކްސް ފަދަ ދާއިރާތަކުގައި ބޭނުންކުރާ އުޅަނދުފަހަރާއި އެއާ ގުޅޭ އެކި ބޭނުންތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދޭނެ އެވެ.
ބުނީ ކީކޭ؟ - އެސްއެމްއީ ޑިޖިޓަލްގެ ސީއީއޯ ބަދުރުއްދީން ހަސަން
ވިދާޅުވީ، މި ފައިނޭންސިން އަކީ ރާއްޖޭގެ އިގްތިސާދުގައި މުހިންމު ދައުރެއް
އަދާކުރާ ކަނޑު އުޅަނދުފަހަރާއި ގުޅުންހުރި ސިނާއަތްތައް ކުރިއެރުވުމަށް ހުޅުވާލި މުހިއްމު މަގެެއް ކަމަށެވެ.
"މީގެ ސަބަބުން އުޅަނދުފަހަރު ބަނުމާއި ގަތުން، އިންޖީނު އެޅުން
ފަދަ މުހިންމު ކަންކަމަށް ބޭނުންވާ ފައިނޭންސިން ހޯދުމުގައި ވިޔަފާރިތަކަށް
ބޮޑެތި ލުއިފަސޭހަތަކެއް ލިބިގެންދާނެ. އަޅުގަނޑުމެންގެ އަމާޒަކީ ހުރިހާ
ދާއިރާތަކަކަށް ވެސް ފަހި ފުރުސަތުތަކެއް ހޯދައިދީ، ގައުމުގެ އިގްތިސާދު
ހަރުދަނާކުރުމުގައި ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ކުރިމަތިވާ ގޮންޖެހުންތަކަށް
ދާއިމީ ހައްލެއް ހޯދައިދިނުން."
މި ފައިނޭންސިންއަށް އެދި ހުށަހެޅުމުގެ ފުރުސަތު  އެސްއެމްއީ
ޑިޖިޓަލްގެ ވެބްސައިޓުގައި ހިމެނޭ އެސްއެމްއީ ޕޯޓަލް މެދުވެރިކޮށް މިހާރު ވަނީ
ހުޅުވާލާފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ