ގޭހަށް ދެއްކި ފައިސާ ގެއްލުނު މައްސަލަ ތަހުގީގުކޮށްދޭން އެސްއޯއީ ކޮމެޓީގައި އެދިއްޖެ

މޯލްޑިވް ގޭހުން އޯޑަރު ކުރި ގޭސް ޝިޕްމެންޓަކަށް ދެއްކި ފައިސާ ގެއްލުނު މައްސަލަ ތަހުގީގުކޮށްދޭން ރައްޔިތުންގެ މަޖިލީހުގެ އެސްއޯއީ ކޮމެޓީގައި އެދިއްޖެ އެވެ.
ވީ ކިހިނެއް؟ - އެ މައްސަލަ ބަލައިދިނުމަށް އެދި މަޖިލީހުގެ މާވަށު ދާއިރާގެ އެމްޑީޕީ މެންބަރު އަހުމަދު ޝާކިރު ވަނީ މަޖިލިސް ރައީސް އަބްދުއްރަހީމް އަބްދުﷲއަށް އެޑްރެސް ކުރައްވައި އިއްޔެ ސިޓީއެއް ފޮނުއްވައިފަ އެވެ.
ތަފްސީލް - މެންބަރުގެ ސިޓީގައި ވިދާޅުވީ، އޮކްޓޯބަރު 2024ގައި މޯލްޑިވް ގޭހުން އޯޑަރު ކުރި 800،000 ޑޮލަރުގެ ގޭސް ޝިޕްމެންޓުގެ އެޑްވާންސަށް ދެއްކި 246،645 ޑޮލަރުގެ މައްސަލައަކީ ސަރުކާރު ހިއްސާވާ ކުންފުންޏެއްގެ މައްޗަށް ކުރެވޭ ސީރިއަސް ތުހުމަތެއް ކަމަށެވެ.
އެކަމާ ގުޅޭ މައުލޫމާތު ހޯދައި އެ މައްސަލަ މަޖިލީހުގެ އެސްއޯއީ ކޮމެޓީ މެދުވެރިކޮށް ތަހުގީގުކޮށްދިނުމަށް މެންބަރު ޝާކިރު ވަނީ އެދިވަޑައިގެންފަ އެވެ.
 މޯލްޑިވް ގޭސްގެ ގޭސް ޝިޕްމަންޓެއް ނުލިބި 240،000 ޑޮލަރު (3.7 މިލިއަން ރުފިޔާ) ގެއްލުނު މައްސަލަ ފުރަތަމަ ފެންމަތިވީ މިދިޔަ އަހަރު އޭޕްރީލް މަހު އެވެ. އަދި އެ މައްސަލަ އޭރު މާލިއްޔަތު ކޮމިޓީ އާއި އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ން ބަލަމުންދާ ކަމަށް ބުނި ނަމަވެސް އެ ކޮމިޓީ އާއި ކޮމިޝަނުން އޭގެ ތަފްސީލެއް ނުދެ އެވެ.
ފާހަގަ ކުރެވޭ - މިހާރު ޗުއްޓީގައި އޮތް މަޖިލީހުން ދައުރުން ބޭރުން ބޭއްވި ޖަލްސާއެއްގައި، މޯލްޑިވް ގޭސްއިން 250،000އެއްހާ ޑޮލަރު ގެއްލުނީ އަބްދުﷲ މުހައްމަދު ޖުވާ ކުޅެގެން ކަމަށް ވަނީ ތުހުމަތުކޮށްފަ އެވެ.
އެގޮތަށް ފުރަތަމަ ތުހުމަތު ކުރެއްވީ، ވައިކަރުދޫ ދާއިރާގެ އެމްޑީޕީ މެންބަރު ހުސައިން ޒިޔާދު (ފިއްޓެ)
އޭގެ ފަހުން ހުޅުމާލެ ދެކުނު ދާއިރާގެ މެންބަރު ޑރ. އަހުމަދު ޝަމްހީދު ވެސް ވަނީ އެފަދަ މޭރުމަކުން ވާހަކަ ދައްކަވާފައި
މި ދެ މެންބަރުންނަށް މޯލްޑިވް ގޭސްގެ އެމްޑީ އަބްދުﷲ މުހައްމަދު ބިރުދައްކާ މޭރުމަކުން ސޯޝަލް މީޑިއާގައި ޕޯސްޓެއް ކުރައްވާފައިވާތީ އެ މައްސަލަ މަޖިލީހުގެ ކަމާ ގުޅޭ ކޮމެޓީއިން ބަލައިދިނުމަށް މެންބަރު ޝާކިރު ވަނީ މަޖިލިސް ރައީސް އަރުހުން އެދިވަޑައިގެންފައި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ